މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމަށް ބިންދޫކުރުމުގެ އުސޫލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުން

ކެނދިކުޅުދޫގެ ޒުވާން ވިޔަފާރިވެރިންނާއި، އަލަށް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ކޮންސެޕްޓް ތަޢާރަފުކޮށް އެއުސޫލުން ބިން ދޫކުރުމަށް އުސޫލު އެކަށައަޅާ އާންމު ރައްޔިތުންގެ ޚިޔާލަށް ހުޅުވާލަމެވެ.

ވީމާ، މިއުސޫލަށް ޢާންމުންގެ އެއްވެސް ޚިޔާލެއް ހުށައަޅަން ބޭނުންފުޅުވާނަމަ ތިރީގައިވާ ލިންކު މެދުވެރިކޮށް 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުށައެޅުމަށް ދަންނަވަމެވެ.

ފޯމް ލިންކު: https://forms.office.com/r/VNQd778W9D

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

10  ރަމަޟާން  1446

10  މާރިޗު   2025

10 މާރިޗު 2025
ހޯދާ