މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ހަމަޖެހިފައިވާ ތަން: އދ. މަންދޫ ސްކޫލް

ބޭނުންވާ އަދަދު: 2 (ދޭއް)

ރަށް: އދ. މަންދޫ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: GS 3

މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު -/1،500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑްރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މަންދޫ ސުކޫލުގެ ފަރާތުން އެކިއެކި ފަރާތްތަކާ ލިޔެކިޔުމުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  2. އިދާރީ، ބަޖެޓް އަދި ކިޔަވައިދިނުމާގުޅޭ ރެކޯޑުތަކާއި ލިޔެކިޔުންތައް، ސްކޫލުން އަންގާގޮތެއްގެމަތިން ލިޔެ ބެލެހެއްޓުން.
  3. ފައިސާއާބެހޭ އެންމެހައި ކަންތައްތައް، އިސްވެރިންގެ ލަފާގެމަތިން ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުން.
  4. ސުކޫލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯޓް ތައްޔާރުކުރުން.
  6. ދުވަހުން ދުވަހަށް ޔައުމިއްޔާ ތައްޔާރުކުރުން.

އިތުރުގަޑީގެ ފައިސާ:               

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނެ ތަނާއި ތާރީޚާއި ގަޑި، 20 އޮގަސްޓު 2015 އާއި 23 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައި މި ސްކޫލުން އެފަރާތްތަކަށް އަންގާނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

ސުންގަޑި:

ޝަރުޠު ހަމަވާ މީހުން، 2015 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު، އދ. މަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ކަރިކިއުލަމް ވިޓާ (ގުޅޭނެ ފޯނު ނަންބަރާއެކު)

ރ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ބ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ޅ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680843 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] / [email protected] އެވެ.

 25 ޝައްޥާލް  1436

10 އޮގަސްޓް 2015
ހޯދާ