ދިވެހިރާއްޖެ
އިޢުލާން
އެޕާރޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެއްޖެ:
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ކ.މާފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް 05 ކޮޓަރީގެ އެޕާޓްމެންޓެން ކައްކާ ކެވޭގޮތަށް 03 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.
ވީމާ، މިފަދަތަނެއް ކުއްޔައް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ހޮސްޕިޓަލްގެ އީ-މެއިލް [email protected] އަށް މެއިލް ކުރުން އެދެމެވެ. ނުވަތަ މި ހޮސްޕިޓަލުގެ އޮފީހަށް ފޯމް ހުށަހެށުން އެދެމެވެ.
ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2025 މާރިޗު 16 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނަނެ ކަމަށް ދަންނަވަމެވެ.
ބީލަން ހުޅުވުން އޮންނާނީ 2025 މާރިޗު 19ވާ ބުދަ ދުވަހުގެ 11:00 ގައި މި ހޮސްޕިޓަލުގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވަނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.
ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު 6640410 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
10 ރަމަޟާން 1446
10 މާރިޗު 2025