ދިވެހިރާއްޖެ
ފުނަދޫ ސްކޫލް
ށ.ފުނަދޫ
ދިވެހިރާއްޖެ ނަންބަރު: (IUL)GS-59-AD/INDIV/2025/23
އިޢުލާން
ފުނަދޫ ސްކޫލްގެ ވޯކްވޭގައި ޕޭމަންޓް ގައު އެޅުމާއި އަތުރައިދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފުނަދޫ ސްކޫލް ގޯތިތެރޭގައި ގައު އަޅާ އެތުރުމަށް މި އިދާރާގެ ކުރެވުނު އިޢުލާން ނަންބަރު: (IUL)GS-59-AD/INDIV/2025/20 އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގައު އަޅާ އަތުރައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 މާރޗް 10 ން 2025 މާރޗް 12އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މާރޗް 16 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2025 މާރޗް 17 ވާ ހޯމަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 މާރޗް 19 ވާ ބުދަ ދުވަހުގެ 12:30 ގައި މި ސްކޫލްގައެވެ.
ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.
ފޯން: 6540540 އީމެއިލް: [email protected]
10 ރަމަޟާން 1446
10 މާރޗް 2025