ދިވެހިރާއްޖެ
FSM-ADV/2025/030
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ޗީފް އިންޖިނިއަރ، ލޮޖިސްޓިކްސް |
ޑިޕާޓްމަންޓް/ސެކްސަން: |
ލޮޖިސްޓިކްސް |
ބޭނުންވާ އަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- އިންޖީނު ރޫމްގައި ހުރި ހުރިހާ މެޝިނަރީއެއް ހިންގުމާއި މަރާމާތުކޮށް ބެލެހެއްޓުން - ޝެޑިއުލްއާއި އެއްގޮތަށް ހުރިހާ ސާމާނެއް ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން - މަސައްކަތުގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތަކަށް ތަބާވުން - އުޅަނދުފަހަރާއި ފަޅުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަޅުވެރިންނާއި ސާފުވާނެހެން މުޢާމަލާތުކޮށް، ކުއްލި ޙާލަތްތަކުގައި ފިޔަވަޅު އެޅުން - އުޅަނދުފަހަރު ސަރުކާރުގެ ޤަވާއިދާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުން. |
ޝަރުތުތައް: |
- ޓްރާންސްޕޯޓް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ CDC އާއި COC 5000BHP އަށް ވުރެދައްނޫން ސެޓްފިކެޓެއް އޮތުން - ބޭސިކް 4 ސީމަން ސެޓްފިކެޓް - 2 އަހަރުގެ ސައްހަ ސީމަން މެޑިކަލް - އެޑްވާންސް އޮއިލް ޓޭންކަރު ފެމިލިއަރައިޒޭޝަން ސެޓްފިކެޓް |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
10 މާރޗް 2025