މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
4 ވަނަ ނިއުޔޯރކް އިންޓަރނޭޝަނަލް ޓްރޭޑް ފެއަރ އެންޑް ޗެމްބަރ އެކްސްޕޯ 2025

މިނިސްޓރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ދިވެހިރާއްޖެ

 

4 ވަނަ ނިއުޔޯރކް އިންޓަރނޭޝަނަލް ޓްރޭޑް ފެއަރ އެންޑް ޗެމްބަރ އެކްސްޕޯ 2025

ސެޕްޓެމްބަރ މަހުގެ 26-27 ގައި މެރިއޮޓް މާރކިސް، ނިއުޔޯރކް، ޔޫއެސްއޭ ގައި ބޭއްވުމަށް ހަމަޖެހިފައިވާ، 4 ވަނަ ނިއުޔޯރކް އިންޓަރނޭޝަނަލް ޓްރޭޑް ފެއަރ އެންޑް ޗެމްބަރ އެކްސްޕޯ 2025 ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވެއެވެ.

މި އެކްސްޕޯގެ މަޤްސަދަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ މަތީ ފެންވަރުގެ ވަފުދުތަކާއި، ވިޔަފާރީގެ އިސްވެރިންނާއި، ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މަޢުލޫމާތުތައް ހިއްޞާކުރުމާއި، ވިޔަފާރީގެ ފުރުޞަތުތައް ލިއްބައިދިނުމެވެ. އަދި އިންވެސްޓަރުންނާއި، ވިޔަފާރީގެ ބައިވެރިންނާއެކު ބީ2ބީ ބައްދަލުވުންތަކާއި ނެޓްވޯކިންގ ސެޝަންތައް ކުރިޔަށް ގެންގޮސް، ބްލޫ އިކޮނޮމީއިން ދެމެހެއްޓެނިވި ކުރިއެރުންތައް ހޯދައި، އިންވެސްޓްމެންޓްތައް ޤާއިމްކުރުމުމަށް

މަގުފަހިކޮށްދިނުމެވެ.

މި އެކްސްޕޯ އާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ ބްރައުޝަރ އާއި ބޫތު ކުއްޔަށް ދޫކުރުމަށް އެދޭ ފޯރމާއި މައުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗްކޮށްފައި ވާނެއެވެ.

 

06 މާރޗް 2025

 

10 މާރިޗު 2025
ހޯދާ