ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ ވަޒީފާއަށް މީހަކު ހޯދުމަށްޓަކައި 09 ފެބްރުވަރީ 2025 ގައި މިއިދާރާއިން ކުރި، ނަންބަރ:(IUL)253-CAA/253/2025/11 ގެއިޢުލާނުގައިވާ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
09 ރަމަޟާން 1446
09 މާރިޗް 2025