ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގުވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.
|
|
މަޤާމް: |
ޖެންޑަރ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކްލޫސިވް ކޯރޑިނޭޓަރ |
|
ކޮންޓްރެކްޓް (މާރޗް 2026 ގެ ނިޔަލަށް. ޕްރޮޖެކްޓް އެކްސްޓަންޝަން އަކަށް ގޮސްފިނަމަ މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓް އާކުރެވޭނެ) |
ބޭނުންވާ ޢަދަދު: |
1 |
މުސާރާ: |
22،240 – 25،600 ރުފިޔާ (އެލަވަންސްތަކާއި އެކު) |
މަސައްކަތް ކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް އެގްރިކަލްޗަރ، އެންޑް އެނިމަލް ވެލްފެއަރ |
މަޤާމުގެ ޝަރުތު:
|
ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝިއޮލޮޖީ، ޖެންޑަރ، ނިއުޓްރީޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއިން 5- 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު)
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 13 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަށް (7 ވަނަ ފަންގިފިލާ، ވެލާނާގެ، އަމީރުއަހުމަދު މަގު) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 ދެމެދު 3339286 ފޯނާއި ގުޅުއްވުން އެދެމެވެ.