މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިދޫކުރުމަށްޓަކައި ވިލަރެސްކޮމިޓީ އެކުލަވާލުން

މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުންކުރި  ނަމްބަރ  (IUL)325-MS/325/2025/10 ( 18 ފެބްރުއަރީ 2025 )  އިޢުލާނާގުޅިގެން ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް 13 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަންޖެހޭކަމަށް އެއިޢުލާނާއެކު ޢާންމުކުރެވިފައިވާ ބަންޑަރާގޯތި ދޫކުރުމުގެ އުޞޫލްގެ 2025 ގެ 4 ވަނަ މާއްދާގެ ހ ގައިބަޔާބްކޮށްފައިވެއެވެ. އަދި އެމާއްދާގެ ށ ގައި ވާގޮތުގެ މަތިން އެކޮމިޓީއަށް ޢާންމުންގެ ތެރެއިން 3 މެންބަރުން ހޮވުމަށްކަނޑައެޅިފައިވާތީ  މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. 

            ވީމާ، 2025 ވަނައަހަރު ގެވަޅުކޮމިޓީއަށް  ޢާންމުން ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން  ތަޢުލީމީ ފެންވަރު އެނގޭނެ ލިޔުމަކާއެކު 16 މާރޗް 2025 ވާ އާދިއްތަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ސިޓީ ފޮނުއްވުންއެދެމެވެ. މިފަހަރު ބަންޑަރަގޯއްޗަށް ކުރިމަތިނުލާ 18 އަހަރު ފުރިފައިވާ ގޮއިދޫގެ ކޮންމެ ރައްވެއްސަކަށްވެސް މިކޮމިޓީއަށް ކުރިމަތި ލެވިދާނެއެވެ. 

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 މާރިޗު 2025
ހޯދާ