ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2025 ވަނަ އަހަރު މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

 މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 ދިވެހިރާއްޖެ

                                                                                                                                       އިޢުލާން ނަމްބަރ: GS05-C /IUL/2025/01    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2025 ވަނަ އަހަރު މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

 

  1. 2025 ވަނަ އަހަރު މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 މާޗް 09 އިން 2025 މާޗް 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.                                                                3
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މާޗް 16 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.                     

  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މާޗް 17 ވާ ހޯމަ ދުވަހުގެ 13:00       ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  5. ބިޑް ހުޅުވުން އޮންނާނީ 2025މާޗް 18 ވާ އަންގާރަ ދުވަހުގެ 10:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

   ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

   ފޯން:  6820029

   އީ-މެއިލް: [email protected]

   ކޮޕީ އީ-މެއިލް: [email protected]

 

09   މާޗް     2025

09 މާރިޗު 2025
ހޯދާ