ދިވެހިރާއްޖެ
ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)269/269/2024/12 (24 ޖަނަވަރީ 2024) އިޢުލާނާ ގުޅިގެން، ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީ ނިމުނުއިރު، 107 ގޯތީގެ ތެރެއިން އެންމެ ފަހު ހަތަރު ގޯއްޗަށް އެއްފަރާތަށްވުރެ ގިނަފަރާތް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާތީ، ހދ. ވައިކަރަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ފޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭފަރާތްތައް ކަނޑައެޅުމަށް، މިދެންނެވި އުޞޫލުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގުރުއަތުލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގުރުއަތުލުމުގެ ބައްދަލުވުން އޮންނާނީ 09 މާރޗް 2025 ވާ އާދިއްތަދުވަހު މެންދުރުފަހު 1:00 ގައި ސުލައިމާނިއްޔާ ހޯލްގައެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކަށް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮން ހުޅުވާލެވިފައިވާ ކަމުގައި ދަންނަމަވެ.