މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 މާރިޗު 09 އިން އޭޕްރީލް 05 އަށް ހުޅުމާލެ ފޭސް1 އަދި 2 ގައި އެމް.އެން.ޑީ.އެފް އިން ތަމްރީނުތަކެއް ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް 2025 މާރިޗު 09 އިން އޭޕްރީލް 05 އަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ 16:00 އިން 18:00 އަށް އަދި ކޮންމެ އަންގާރަ ދުވަހެއްގެ 22:00 އިން އަނެއް ދުވަހުގެ 01:00 އަށް ހުޅުމާލެ ފޭސް 1 އަދި 2 ގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
06 މާރިޗު 2025
ހޯދާ