މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ ލައިޓްތައް ދިއްލުން

ރަށުގެ އިޖްތިމާއީ ސަރަޙައްދުގެ މަގުތަކާއި ގޯޅިތަކުގައި ޖަހާފައިވާ ލައިޓްތައް ދިއްލާ މަރާމާތުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން 03 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޮންޓްރެކްޓަރ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

  1 . ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި (ބަނދަރު އަދި ބާބަކިއު އޭރިޔަރ ހިމެނޭގޮތަށް) ޖަހާފައިވާ 127 ލައިޓް ކޮންމެރެއަކު 1 ފަހަރު ދިއްލޭތޯ ބެލުން.

  • މީގެ އިތުރުން 3 އަހަރުދުވަހު ތެރޭގައި އިތުރުވާ ލައިޓްތަކަށް އަގު ހުށަހަޅާފައިވާ ނިސްބަތުން ފައިސާ އިތުރުކުރެވޭނެއެވެ.

  2 . މައްސަލަޖެހޭ ލައިޓްތައް ( ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ) އެމައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުން.

  3.  މަރާމާތްކުރެވޭ ލައިޓްތަކުގެ މަޢުލޫމާތު ކައުންސިލުން ކަނޑައަޅާ ލޮގެއްގައި ލިޔެ ބެލެހެއްޓުން.

  4 . މަގުމަތީ ލައިޓެއް ނުދިއްލިގެން ނުވަތަ އެނޫންވެސް ކަމެއް ދިމާވެގެން ކައުންސިލުން ގުޅާ އަވަސްޙައްލަކަށް އެދިއްޖެނަމަ އަވަހަށް އެމައްސަލައަކަށް އެޓެންޑްވެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުން.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯރމް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" އިޖްތިމާޢީ ސަރަޙައްދު ދިއްލުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

100%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

 2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

   3 އަމިއްލަ ފަރުދެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          ފެކްސް ނަމްބަރ :        6600005

          އީ . މެއިލް :           [email protected]

    މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

06 މާރިޗު 2025
ހޯދާ