ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446ވަނަ އަހަރުގެފިޠުރުޒަކާތްބަލައިގަތުމާއި ގުޅޭ

          މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ރަމަޟާން 1446  ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން1446 ވަނަ ދުވަހުގެ  ނިޔަލަށްށެވެ.  ފިޠުރު ޒަކާތް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9.30 ން 12.30 ހާއި ދެމެދު އޮންލައިންކޮންނެވެ.

          ފިޠުރު ޒަކާތަށް ދައްކަވަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން  ( ގޮވާމުން) 2.4 ކިލޯގެ މިންވަރުގެ އެއަދަދަށްވާ  ނަގުދު ފައިސާއެވެ. އަދި މިއަހަރުގެ ވެސް ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައަޅުއްވާފައިވާތީ، މި އަހަރުގެ ރަމަޟާން މަހު އޮންލައިންކޮން ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.

#

   ތާރީޚް

ދުވަސް

   ގަޑި

1

02މާރިޗު 2025-20މާރިޗު 2025

ރަސްމީބަންދުނޫން ކޮންމެދުވަހަކު

9.30ން12.30އަށް

2

21މާރިޗު 2025- 27މާރިޗު 2025

ހުކުރުހޮނިހިރުދުވަސްފިޔަވާކޮންމެދުވަހަކު

10.00ން13.00އަށް

 

1446ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު.

 

#

  ބާވަތް

 ފައިސާގެ ޢަދަދު

1

 އާދައިގެ ހަނޑޫ

   12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

   62 ރުފިޔާ

3

 ރަތް ހަނޑޫ

   86 ރުފިޔާ

4

 ބާސްމަތީ ހަނޑޫ ( އާދައިގެ)

   74 ރުފިޔާ

5

 ބާސްމަތީ ހަނޑޫ ( މޮޅު )

   100 ރުފިޔާ

6

 ބާސްމަތީ ހަނޑޫ (އެންމެމޮޅު )

   133 ރުފިޔާ

7

 އާދައިގެ ފުށް

   10 ރުފިޔާ

8

 އާޓާ ފުށް

   75 ރުފިޔާ

         އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވާ ފަރާތްތަކުން ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް. އެކައުންޓަށް ކަމުގައި ދެންނެވީމެވެ.

އެކައުންޓް ނަމްބަރު:  7714 700430 004

އެކައުންޓް ނަން:  1294 KHARADHU 2

       ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރި / ޓްރާންސްފަރ ކުރި ސްލިޕް އެމީހަކު 7930016 މިނަމްބަރަށް ވައިބަރ އިން  ފޮނުވައިދެއްވުން އެދެމެވެ. އަދި ސްލިޕްގެ

ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.

         އަދި މިއިދާރާގެ އިތުރުން އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ ތިރީގައިވާ މުއައްސަސާތަކުންނެވެ. އަދި ޕޯޓަލްތަކުގެ ލިންކާއި ކިއު.އާރު ކޯޑުތައް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓް (/https://zakathouse.gov.mv) ގައި ޢާންމުކުރެވޭނެވެ.

ކައުންސިލް އިދާރާ ފިޔަވާ އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނަ މުއައްސަސާތައް:

#

    މުއައްސަސާ

   ސުންގަޑިތައް

1

ދިވެހިރާއްޖޭގެ ގުޅުން ( ދިރާގު)

27ރަމަޟާން 1446ގެހެނދުނު 06.00

2

 އުރީދޫ

27ރަމަޟާން 1446ގެހެނދުނު 06.00

3

މޯލްޑިވްސްއިސްލާމިކްބޭންކު(އެމް.އައި.ބީ)

27ރަމަޟާން 1446ގެހެނދުނު 06.00

4

ބޭންކް އޮފް މޯލްޑިސް (ބީ.އެމް.އެލް)

27ރަމަޟާން 1446ގެހެނދުނު 06.00

5

ފަހިޕޭ

ރަމަޟާންގެފަހުދުވަހުގެއިރުއޮއްސި18.00

6

ބަނޑޭރިޕޭ

ރަމަޟާންގެފަހުދުވަހުގެއިރުއޮއްސި18.00

       ފިޠުރު ޒަކާތުގެ ފައިސާ ވީހާވެސް ގިނަފަރާތްތަކުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  

06 މާރިޗު 2025
ހޯދާ