ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު އައުޓްރީޗް ސެންޓަރ ގައި ކޯސްތައް ފެށުމަށް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ފުވައްމުލަކު އައުޓްރީޗް ސެންޓަރ ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ތިރީގައި މި ދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  • ޤިރާއަތު ސެޓްފިކެޓް 1: ހެނދުނު 30 ޖާގަ، މެންދުރުފަސް 30 ޖާގަ.
  • ޤިރާއަތު ސެޓްފިކެޓް 2: ހެނދުނު 30 ޖާގަ، މެންދުރުފަސް 30 ޖާގަ.
  • ޤިރާއަތު ސެޓްފިކެޓް 3: ހެނދުނު 30 ޖާގަ، މެންދުރުފަސް 30 ޖާގަ.

ޝަރުޠު:

ޤިރާއަތު ސެޓްފިކެޓް 1:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

ޤިރާއަތު ސެޓްފިކެޓް 2:

  1. ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 1 ހާސިލްކޮށްފައިވުން.

ޤިރާއަތު ސެޓްފިކެޓް 3:

  1. ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 2 ހާސިލުކޮށްފައި އޮތުން ނުވަތަ ޙާފިޡްކަމުގެ ސަނަދު ހާސިލްކޮށްފައި ވުމާއެކު، އުމުރުން 18 އަހަރު ފުރިފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

ކޯހުގެ މުއްދަތު

  1. ޤިރާއަތު ސެޓްފިކެޓް 1
  • 8 ހަފްތާ
  1. ޤިރާއަތު ސެޓްފިކެޓް 2
  • 15 ހަފްތާ
  1. ޤިރާއަތު ސެޓްފިކެޓް 3
  • 30 ހަފްތާ (15 ހަފްތާގެ ދެ ސެމިސްޓަރ)

މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 17 މާރިޗު 2025 ގެ 12:30 ގެ ކުރިން މިމަރުކަޒުގެ ފުވައްމުލަކު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން، މަރުކަޒުގެ ފުވައްމުލަކު ގޮފިން އަދި މަރުކަޒުގެ ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 06 އޭޕްރީލް 2025 އިން 10 އޭޕްރީލް 2025 އާއި ދެމެދު އެވެ. 

06 މާރިޗު 2025
ހޯދާ