ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގެ ބޭނުމަށް ގެންނަ ބިދޭސީ މަސައްކަތްތެރިން ތިބުމަށް ގެއެއް ހޯދުން
ކައުންސިލްގެ ބޭނުމަށް ގެންނަ ބިދޭސީ މަސައްކަތްތެރިން ބޭތިއްބުމަށް 1 އެއްކޮޓަރި، ފާހާނާ އަދި އަމިއްލަޔަށް ކައްކައި ކެވޭނެ ގޮތަށް ހުރި ގެއެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.
ވީމާ، އެއްއަހަރު ދުވަހުގެ މުއްދަތަށް މިފަދަ ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ކައުންސިލް އިދާރާއަށް ދުރުވެ އަގު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަގު ހުށައެޅުމާއި، ސިޓީ އުރަ ކެޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
| އަގު ހުށައެޅުން | ތާރީޚް | ގަޑި | 
| އަގު ހުށައެޅުމާއި ހުޅުވުން އޮންނާނެ ދުވަސް | 09 މާރިޗް 2025 | 11:00 | 
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6560032 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
06 މާރިޗް 2025
 
                    