ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ)، ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1) އަދި ވިލިމާލޭ އައުޓްރީޗް ސެންޓަރ ގައި ކޯސްތައް ފެށުމަށް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ)، ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ އައުޓްރީޗް ސެންޓަރ ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ތިރީގައި މި ދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  1. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު  (މާލެ):
  • ޤިރާއަތު ސެޓްފިކެޓް 1: ހެނދުނު 25 ޖާގަ، މެންދުރުފަސް 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  • ޤިރާއަތު ސެޓްފިކެޓް 2: ހެނދުނު 25 ޖާގަ، މެންދުރުފަސް 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  • ޤިރާއަތު ސެޓްފިކެޓް 3: ހެނދުނު 25 ޖާގަ، މެންދުރުފަސް 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  1. ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1):
  • ޤިރާއަތު ސެޓްފިކެޓް 1: ހެނދުނު 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  • ޤިރާއަތު ސެޓްފިކެޓް 2: ހެނދުނު 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  • ޤިރާއަތު ސެޓްފިކެޓް 3: ހެނދުނު 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  1. ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ އައުޓްރީޗް ސެންޓަރ:
  • ޤިރާއަތު ސެޓްފިކެޓް 1: ރޭގަނޑު 25 ޖާގަ.

ޝަރުޠު:

ޤިރާއަތު ސެޓްފިކެޓް 1:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

ޤިރާއަތު ސެޓްފިކެޓް 2:

  1. ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 1 ހާސިލްކޮށްފައިވުން.

ޤިރާއަތު ސެޓްފިކެޓް 3:

  1. ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 2 ހާސިލުކޮށްފައި އޮތުން ނުވަތަ ޙާފިޡްކަމުގެ ސަނަދު ހާސިލްކޮށްފައި ވުމާއެކު، އުމުރުން 18 އަހަރު ފުރިފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

ކޯހުގެ މުއްދަތު

  1. ޤިރާއަތު ސެޓްފިކެޓް 1
  • 8 ހަފްތާ
  1. ޤިރާއަތު ސެޓްފިކެޓް 2
  • 15 ހަފްތާ
  1. ޤިރާއަތު ސެޓްފިކެޓް 3
  • 30 ހަފްތާ (15 ހަފްތާގެ ދެ ސެމިސްޓަރ)

މި ކޯސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 17 މާރިޗު 2025 ގެ 12:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 06 އޭޕްރީލް 2025 އިން 10 އޭޕްރީލް 2025 އާއި ދެމެދު އެވެ.

06 މާރިޗު 2025
ހޯދާ