ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު ބަނދަރުގައި ޖަހާފައިވާ ތަނބުތައްމަތީގައި ޖެހުމަށްބޭނުންވަ ހިޔާގަނޑު ޖެހުމާއި ތަން ޒީނަތްތެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށައެޅުމުގެ ދަޢުވަތު - ބަނދަރުގައި ޖަހާފައިވާ ތަނބުތައްމަތީގައި ޖެހުމަށްބޭނުންވަ ހިޔާގަނޑު ޖެހުމާއި ތަން ޒީނަތްތެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ޖަހާފައިވާ ތަނބުތައްމަތީގައި ޖެހުމަށްބޭނުންވަ ހިޔާގަނޑު ޖެހުމާއި ތަން ޒީނަތްތެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކައުންސިލުން ޢާއްމުކުރި ނަންބަރު (IUL)375/375/2025/10 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން އަލުން ހުޅުވާލަމެވެ.

މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 13 މާރޗް 2025ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

 މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މާރޗް 2025ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

 މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 16 މާރޗް 2025ވާ އާދީއްތަދުވަހުގެ 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 19 މާރޗް 2025ވާ ބުދަދުވަހުގެ 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected]  އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރޗް 2025

06 މާރިޗު 2025
ހޯދާ