މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Pantop 40 Injection ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޞިއްޙީ ވުޒާރާ

މާލެ،  

ދިވެހިރާއްޖެ

   (IUL)182-REG/23/2025/02 :ނަންބަރު  

އިޢުލާން                                    

ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ Pantop 40 Injection ގައި ކޮލިޓީ  މައްސަލަތަކެއް ފާހަގަކުރެވި، މިޕްރޮޑަކްޓްގެ ތިރީގައި ދެންނެވިފައިވާ ބެޗް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

ވީމާ، ތިރީގައި ބަޔާންކޮށްފައިވާ ޕްރޮޑަކްޓް، އެއްވެސް ފާރމަސީއެއް ނުވަތަ ޞިއްޙީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ، އެކަން މިއޮތޯރިޓީއަށް ހިއްސާކޮށް، އަދި ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

 

Manufacturer Batch number  Generic name Product Details 
ARISTO Pharmaceuticals Pvt. Ltd. Plot No.208, New Industrial Area. No.: 2, Mandideep - 462 046 Dist - Raisen (M.P.) India EMPH243030 Pantoprozole Sodium ARISTO Pantop 40mg Injection

ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ވާނީ އެންގިފައެވެ.  

އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.    

06 މާރިޗު 2025
ހޯދާ