ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސަޕޯޓް ޓެކްނީޝަން

އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓަށް އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން މީހުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

6 މަސްދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/4,465 ރުފިޔާ

ސަރވިސް އެލަވަންސް 3,062/75 ރުފިޔާ

ފެންވަރު/ ޝަރުޠު

  • ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތަޢުލީމު ލިބިފައިވުން
  • (މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  • އީ-ގަވަރމަންޓްގެ ޚިދުމަތްތައް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އީ-ގަވަރމަންޓް ނިޒާމުގެ މަސައްކަތް އެންމެ ފުރިހަމަކޮށް އަދި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މިއޮފީހުގެ ހެލްޕްޑެސްކް އިން ބޭނުންވާ އެހީ ފޯރުކޮށްދިނުން
  • އީ-ގަވަރމަންޓްގެ ޚިދުމަތްތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް، އެފް.އޭ.ކީއު، ޔޫސަރ މެނުއަލް އަދި އެހެނިހެން ލިޔެކިއުން ތައްޔާރުކުރުމާއި ތަމްރީނު ދިނުން.
  • އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކަށް އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރަށްރަށަށް ދިއުމަށް ދަތުރު ހަމަޖެއްސުމާއި އެރަށްރަށަށް ދަތުރުކޮށް އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000334(960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  3344000 (960) ، ފެކްސް ނަންބަރު:  3344004 (960)

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ