މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނެޝަނަލް ކޮންސަލްޓަންޓް

ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ސުޕަރވައިސް ކުރުމަށް ފަންނީ އެހީތެރިކަން ހޯދުން

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ނެޝަނަލް ކޮންސަލްޓަންޓް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ، ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް މޮނިޓަރކޮށް ސުޕަރވައިޒް ކުރާނެ ނެޝަނަލް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

ނެޝަނަލް ކޮންސަލްޓަންޓްގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި މަޝްރުޢޫތަކުގެ ޢަމަލީ މަސައްކަތްތައް ސުޕަވައިޒްކުރުން ހިމެނެއެވެ.

ނެޝަނަލް ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

  • މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާންޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދު ހާސިލުކޮށްފައިވުން.
  • ފެނާއި ނަރުދަމާގެ ޑިޒައިންގ އަދި ރިހިބިލިޓޭޝަންގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • ފެނާއި ނަރުދަމާގެ މަޝްރޫޢުތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • ދިވެހިރާއްޖެ ފަދަ ސްމޯލް އައިލެންޑްސް ޑިވެލޮފިންގް ސްޓޭޓްސް ފަދަ ޤައުމުތަކުގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.
  • މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.   

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected] އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވަނަދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

އީމެއިލް: [email protected]

25 ޝައްވާލް 1436

10 އޮގަސްޓް 2015
ހޯދާ