ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން
ޒަމާނީ މަސްވެރިކަމަށް ޒުވާނުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހއ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށް "ޕަޑީ އޯޕަން ވޯޓަރ ޑައިވަރ ކޯސް" މި އަހަރުވެސް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި އަހަރު ބޭސިކް ކޯސް 15 ބައިވެރީންނަށް އަދި އެޑްވާންސް ކޯސް 15 ބައިވެރީންނަށް ހިންގުމަށް ހަމަޖެހިފައި ވަނީ 2025 އެޕްރީލް 15 އާއި މޭ 15 އާ ދެމެދުގެ މުއްދަތެއްގައެވެ.
މި ކޯސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] އަށް 2025 މާރިޗު 19 ވަނަ ދުވަހުގެ 12:00 ކުރިން މެއިލް ކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ޕްރޮޕޯސަލް މިންކުރުމުގައި ހއ. އަތޮޅުގައި ޑައިވިންގ ސެންޓަރު ހަދައިގެން ޑައިވިންގ ކޯސް ހިންގާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
05 މާރިޗު 2025
ހޯދާ