މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލްއަށް ބޭނުންވާ ކޮންޕިއުޓަރ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ކެނދިކުޅުދޫ ކައުންސިލްއަށް ބޭނުންވާ ހަތް (7) ކޮންޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިބީލަމުގެ ދަށުން ސަޕްލައިކުރާތަކެތި ވަންވާނީ ބުރޭންޑް ނިއު އަދި ޖެނުއިން ތަކެއްޗަށެވެ. މިމިންގަނޑަށް ނުފެތޭ އެއްވެސް އެއްޗެއް މިއިދާރާއަށް ބަލައި ނުގަންނާނެވާހަކަ ދަންނަވަމެވެ. އަދި އެފަދަ އެއްޗަކަށް އެއްވެސް ބަދަލެއް އަދި އަގެއްވެސް ނުދެވޭނެއްއެވެ.

 މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ޓެކްނިކަލް ސްޕެސިފިކޭޝަން                

ތަފްޞީލު

ތަކެތި

#

Tower

Form Factor

1

Intel Core i5 12th-14th  Generation (12400 or better)

Processor

2

16GB DDR4 RAM

RAM

3

256 GB, M.2, PCle NVMe SSD

Storage SSD

4

500GB 7.2 K rpm SATA HDD

Storage HDD

5

24” Monitor
DisplayPort (Input), HMDI Port(s)
Full HD (1080p) 1920 x 1080 at 60-75 Hz

LED Monitor

6

Integrated

Graphics

7

Wired Mouse, Mousepad and Keyboard (US English layout)

Accessories

8

Wi-Fi 6, Bluetooth 5.0, Windows 11 Professional (Genuine)

Others

9

1 year

Warranty

10

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 11 މާރިޗް  2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/FVFfjdD6xL

މިއިޢުލާނަށް ބިލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ބައްދަލުވުން

މިބީލަމާ ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.

މިބީލަމާގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރެއްވުން އެެދެމެވެ

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުން އޮންނާނީ  16 މާރިޗް  2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.
  2. އަގު ބަޔާންކުރާ ކޯޓޭޝަން (ތަފްޞީލާއެކު)
  3. ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ހުށަހަޅާ ބީލަން ފޯމުގައި އެތަނެއްގެ ސިއްކަ އޮތްނަމަ ސިއްކަ ޖަހަންވާނެއެވެ.)
  4. ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ)
  5. ކުންފުނި، ކޯޕަރޭޓިވްސް އަދި ޕާޓްނާރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

6. ޖީ. އެސް. ޓީ ރަޖިސްޓަރީ ކޮންފައިވާނަމަ ޖީ އެސް. ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ.

7. އެންމެ ފަހުން ވިޔަފާރީގެ ފީ ދެއްކި ރަޝީދުގެ ކޮޕީ (ޕްރައިވެޓް އަދި ޕަބްލިކް ލިމިޓެޑް ކުންފުނިތައްނަމަ)

8. ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން.

- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮޕް އެޓާރނީ ހުށަހަޅަންވާނެއެވެ.

- ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.

9. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:-

ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު

ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު

ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް

ބީލަން ވަޒަންކުރުން:

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

 

70%

އަގު

މިމަސައްކަތް/ޚިދުމަތުގެ އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގު ހުށައެޅި ފަރާތަށް އެންމެ ގިނަ މާކްސް ދީ، އެ އަގަކީ ބެންޗުމާކު ކަމުގައި ބަލައިގެން ނިސްބަތުން ދެން ހުށައަޅާ ބީލަންތަކަށް މާކްސްދޭ އުސޫލުންނެވެ.

20%

މުއްދަތު

މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުރުމުއްދަތު ހުށައެޅި ފަރާތަށް އެންމެ މަތިން މާކްސް ދީގެން، ނިސްބަތުން ބަލައިގެން އެހެނިހެން ފަރާތްތަކަށް މާކްސް ދޭ އުޞޫލުންނެވެ.

10%

ތަޖުރިބާ

ތަޖުރިބާއަށް މާކްސްދެވޭނީ މިބާވަތުގެ 10 ރިފަރެންސް ލެޓަރ އަށް ބަލައިގެން 10 ލިޔުންވާނަމަ 10 ޕޮއިންޓް ދެވިގެން ނިސްބަތުން އެހެން ފަރާތްތަކަށް މާކްސްދޭ އުސޫލުންނެވެ.

100%

ޖުމްލަ:

އިތުރު މަޢުލޫމާތު:

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  ނުވަތަ ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-  އީމެއިލް: [email protected]

މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 މާރިޗް  2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، 16 މާރިޗް  2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 ރަމަޟާން 1446

05 މާރިޗް  2025

05 މާރިޗު 2025
ހޯދާ