ދިވެހިރާއްޖެ
FSM-ADV/2025/028
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް މެނޭޖަރ، ސޭލްސް |
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް |
ބޭނުންވާ އަދަދު: |
02 |
މަސައްކަތުގެ ބާވަތް: |
- ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގައި ދުވަހުން ދުވަހަށް ކުރަމުން ގެންދާ މަސައްކަތްތައް ހިންގާ ބަލަހައްޓައި އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން - ކަސްޓަމަރުންނާއި ދެމެހެއްޓެނިވި ގުޅުމެއް ޤާއިމުކޮށް، ކަސްޓަމަރުންގެ ރިކުއެސްޓްތަކަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުން. - އިނޮވޭޓިވް ސޭލްސް ސްޓްރެޓެޖީތައް އެކުލަވާލުމާއި، ސޭލްސް ޑޭޓާ އެނަލައިޒްކުރުމާއި، ޓާގެޓްތައް ހާސިލްކުރުމަށް ސެކްޝަންގެ ޙަރަކާތްތައް ރާވައި ހިންގުން. - ރިޕޯޓްތައް ތައްޔާރުކޮށް، ސޭލްސް ޓްރެންޑްތައް އެނަލައިޒްކޮށް، ނަތީޖާ އިވެލުއޭޓްކޮށް، ރަނގަޅުކުރަންޖެހޭ ދާއިރާތައް ފާހަގަކުރުން. - ކުންފުނީގެ ކަސްޓަމަރ ބޭސް އަދި މާކެޓް ޕްރެޒެންސް ފުޅާކުރުމަށްޓަކައި ސްޓްރެޓެޖިކް ސޭލްސް ޕްލޭން ތައްޔާރުކޮށް ހެދުން. - ޑިޕާޓްމަންޓުގެ އިސްވެރިން ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ހަވާލުކުރާ އެހެނިހެން ކަންކަމާއި ޒިންމާތައް ފުރިހަމައަށް އަދާކުރުން |
ޝަރުތުތައް: |
- ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން - މެނޭޖީރިއަލް މަޤާމެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި ލޮޖިސްޓިކް ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ. - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
05 މާރިޗު 2025