އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 4 ވަނަ މަދަޙަ އަދި ޤުރުއާން މުބާރާތް 1446

 ނަންބަރު: A/IUL/344/2025/08

އިޢުލާން

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 4 ވަނަ މަދަޙަ އަދި ޤުރުއާން މުބާރާތް 1446

މި ކައުންސިލްގެ 4 ވަނަ ދައުރުގެ 174 ވަނަ ޖަލްސާއިން ވަނީ، ކައުންސިލްގެ 4 ވަނަ މަދަޙަ އަދި ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޙް 18 މާރޗް 2025 އިން 21 މާރޗް 2025 އަށް ފަސްކުރެވިފައެވެ.

ވީމާ، މަދަޙަ އަދި ޤުރުއާން މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 2025 މާރޗް 13 ވަނަ ދުވަހުގެ 14:00 ކުރިން މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ އީ.މެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި މުބާރާތްތަކުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭފޯމް ގެޒެޓް އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ.

05 މާރިޗު 2025
ހޯދާ