މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް

 ޕްރީސްކޫލް މަސައްކަތު

މަޤާމުގެ ނަންބަރު

-

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ (ކެންދޫ ޕްރީ ސްކޫލް)

މުސާރަ

-/2250 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1250

އެހެނިހެން އެލަވަންސް:

މިނިމަމް ވޭޖް އެލަވަންސް -/875

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޕްރީސުކޫލް ކަންކަން ކައުންސިލްގެ ނިންމުންތަކާއި އެއްގޮތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން
  2. ކިޔަވައި ދިނުމަށް ފަހި ކުރުމަށްޓަކައި ބޭނުންވާ އިތުރު ހަރަކާތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން ރާވާ ހިންގުމުގައި ޓީޗަރުންނަށް އެހީތެރިވުން
  3.  އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި ސްކޫލުގެ ކުދިންގެ ޤަވާއިދުތަކާއި، ސްކޫލުގެ ޤަވާއިދުތަކަށް ދަރިވަރުން އަހްލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން
  4.  ކައުންސިލުން އެކުލަވާލާފައިވާ މަންހަޖާ އެއްގޮތަށް ބޭބީ ނާސަރީ އަދި ނާސަރީ ކުދިންނަށް އުނގަންނައި ދިނުމުގައި ޓީޗަރުންނަށް އެހީތެރިވުން
  5. ޕްރީސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތި ކުރުމަށް ޓީޗަރުންނަށް އެހީތެރިވުން
  6. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހާ ކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް، ބެލެހެއްޓުމުގައި ޓީޗަރުންނަށް އެހީތެރިވުން
  7. މުޖްތަމައާއި ޕްރީސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުމަށް ޓީޗަރުންނަށް އެހީތެރިވުން
  8. ކިޔަވައި ދިނުމަށް ފަހި ކުރުމަށްޓަކައި ބޭނުންވާ އިތުރު ހަރަކާތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން ޓީޗަރުންނަށް އެހީތެރިވުން
  9. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހާ ކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް، ބެލެހެއްޓުން
  1. ޕްރީސުކޫލްގެ އޮފީހާއި، ކްލާސްރޫމްތައް ފޮޅާ ސާފުކޮށް މޮޕްލުން
  2. ދަރިވަރުންނާއި، މުވައްޒަފުން ބޭނުންކުރާ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.
  3. ދަރިވަރަކު ފާހާނާއަށް ދާންބޭނުންވެއްޖެ ހިނދެއްގައި އެދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދިނުން
  4. އިމާރާތް ވަށައިގެން ގޯތިތެރެއާއި މަގުފަޅިތައް  ކުނިކަހާ ވިނަ ނޮޅާސާފުކުރުން.
  5. ޕްރީސްކޫލަށް ގެންނަންޖެހޭ ތަކެތި ކައުންސިލުގެ އިދާރާއިން ނުވަތަ ސްޕަވައިޒަރު އަންގާގޮތެއްގެ މަތީންގެނެސް ގުދަންކުރުމާއި، ޕްރީސްކޫލުން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭތަކެތި އުފުލުމުގައި އެހީތެރި ވުން.        
  6. ކުދިން ކުޅުމަށް ބެހެއްޓިފައިވާ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  7. ގޯތިތެރޭގައި ހުންނަ ގަސްތައް އުނދަގޫ ނުވާވަރަށް ކޮށާ ބެލެހެއްޓުމާއި، ގޯތިތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ގޯތިތެރޭގައި ގަސް އިންދާ ބެލެހެއްޓުން.   
  8. މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން

މަޤާމްގެ ޝަރުޠު

ލިޔަން ކިޔަން އެނގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފޮޅާ ސާފުކުރުން
  • ކްލެރިކަލް ސަޕޯޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  1. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރައެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރައެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރެއިން އުވަލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރައެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އަސާސީ ޝަރުތު ހަމަވުން %50
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  •  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  •  އިންޓަރވިއު %40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ފުރިހަމަ ކޮށްފައިވާ ސިވިސލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި

 12މާރިޗް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 މާރިޗް 2025 އާއި 17 މާރިޗް 2025 އާއި ދެމެދުގައި ކެންދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 މާރިޗު 2025
ހޯދާ