ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރެ 1 (އެކެއް) މަސްދުވަހަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރެ 1 (އެކެއް) މަސްދުވަހަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ ތަފުސީލާއި، ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މާރިޗު 2025 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް މިއިދާރާގެ މީޓިންގ ރޫމަށް ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވުމަށް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

05 މާރިޗު 2025
ހޯދާ