ދިވެހިރާއްޖެ
MFMC/IUL/2025/2
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ އޮފީސް ހިންގަމުންދާ ހ.އޯކިޑް އިމާރާތުގެ 6 އަދި 9 ފަންގިފިލާއާއި، ހ.ސުއޭޒް އިމާރާތުގެ 2 ވަނަ ފަންގިފިލާ ފޮޅައި، ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފެރެންސްގައި ދީފައިވާ އިރުޝާދާއި އެއްގޮތައް ބީލަން ހުށަހެޅުވުމަށް ދަޢުވަތު އަރުވަމެވެ.
ބީލަން ވެލިޑިޓީ
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
ބީލަންތައް ހުށަހެޅުމާއި ހުޅުވުން
13 މާރޗް 2025 | 10:30
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން | ހ.އޯކިޑް ބިލްޑިންގ، 6 ވަނަ ފަންގިފިލާ
އިތުރު މަޢުލޫމާތު ސާފުކުރުން
ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 11 މާރޗް 2025ގެ ކުރިން ތިރީގައި ދދީފައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް:[email protected]
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ. އަދި ބިޑުތައް ކޮންމެ ވަގުތެއްގައި ވެސް ބާޠިލްކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.