މަޤާމު
|
ލީގަލް އެސިސްޓެންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީއެސް 4-7 / ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް
|
ބޭނުންވާ އަދަދު
|
01
|
މަޤާމް ނަންބަރު
|
266885
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ލީގަލް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/9220ރ
- ސަރވިސް އެލަވަންސް: -/2400ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)
|
ޝަރުތު
|
- ޤާނޫނީ ގޮތުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީ.އެސް 3-7 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިމިނިސްޓްރީގެ ހައުސިންގް ޑިޕާޓްމެންޓްގެ ރިއަލް އެސްޓޭޓް ޔުނިޓަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓަރަކްޗަރ އިން ދޭންޖެހޭ އެންމެހައި ހުއްދަތައް ދިނުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އަށް ހުށަހަޅާ އެކިއެކި ޝަކުވާތަށް ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތައް ރަހުނު ކުރުމާ ގުޅޭގޮތުން ދަފްތަރެއް އެކުލަވައިލުމުގައި ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން.
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ އެކި ބިންތަކާ ގުޅިގެން ދުވަހުން ދުވަހަށް އެކުލަވައިލާންޖެހޭ އުސޫލުތައް އިސްވެރިންގެ މަޝްވަރާއާ އެއްގޮތަށް އެކުލަވައިލައި ތަންފީޒުކުރުން.
- އަދި މިނޫނަސް އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މުޢާމަލާތު ކުރުމުގެ ހުނަރު.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
21 ޝައްވާލް 1436
|