ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/027

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

 

 

މަޤާމް:

ސޭލްސް އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        އީޒީފިލް ޝެޑްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް  ތެޔޮ އަޅައިދިނުމުގައި  އެހީތެރިވެދިނުން.

-        ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި އަދި ދުވަހުން ދުވަހަށް  ފައިސާގެ ހިސާބު ދިމާކުރުރުގެ މަސައްކަތްތައް ކުރުން.

-        އިދާރީ މަސައްކަތެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަވާލުކުރެވޭ މަސައްކަތެއް ކުރުން.

ޝަރުތުތައް:

-        ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-        ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ކ.މާލެ އަދި ހުޅުމާލެ ޝެޑް

 

މަޤާމް:

އޮފިސަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ޑޭޓާ އެންޓްރީ، ވެންޑަރ އިންވޮއިސް އަދި ޑައިރެކްޓް އެކްސްޕެންސް އެކައުންޓް ކުރުން.

-        އެކައުންޓްސް ޕޭޔަބަލްއާއި ގުޅުންހުރި މަސައްކަތްތައް.

-        ސަޕްލަޔަރ ސްޓޭޓްމަންޓް ރީކޮންސިލިއޭޝަން ހެދުން.

-        ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން.

-        ސީމާ(CIMA) ނުވަތަ އޭ.ސީ.ސީ.އޭ  (ACCA)ޕާޓް ކޮލިފިކޭޝަން ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-        ދިވެހި އަދި އިންގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން.

-        މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

ކާޕެންޓަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

02

މަސައްކަތުގެ ބާވަތް:

-        ލަކުޑިން އަދި އެލްމެނިއަމްއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

-        އިމާރާތްތަކުގެ ސީލިންގ، މަތިވަޑާން، ޓިނު ޖެހުމުގެ މަސައްކަތް ކުރުން.

-        އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހާ ކާޕެންޓްރީ މަސައްކަތް ކުރުން.

ޝަރުތުތައް:

-        އެލްމިނިއަމް ނުވަތަ ލަކުޑި ވަޑާމުގެ މަސައްކަތް ކުރަން އެނގޭ މީހަކު ކަމުގައިވުން.

-        1 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

-        މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ޑިޕާޓްމަންޓް:

އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ

 

މަޤާމް:

މެނޭޖަރ، ލޮޖިސްޓިކްސް

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ލޮޖިސްޓިކްސް ޑިޕާޓްމަންޓްގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ހިންގާ، ބަލަހައްޓައި އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

-        އޮޕަރޭޝަންސްގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ގުޅުންހުރި ޑިޕާޓްމަންޓްތަކާއި ގުޅިގެން ކުރިޔައްދިއުން.

-        ކޮންމެ ހަފްތާއަކު، މަހުން މަހަށް، އަދި އަހަރީ ރިޕޯޓްތައް ތައްޔާރުކުރުން.

ޝަރުތުތައް:

-        ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން

-        މަސައްކަތުގެ ދާއިރާއިން 3 އަހަރުގެ ތަޖްރިބާ ލިބިފައިވުން

-        މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 މާރޗް 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

05 މާރޗް 2025

 

 

05 މާރިޗު 2025
ހޯދާ