ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

މަޤާމު:

 ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 އީ.އެކްސް 5

މަޤާމުގެ ކްލެސިފިކޭޝަން:

 ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން /ކޯޕަރޭޓް އެފެއާރޒް ޑިވިޜަން

މުސާރަ:

 -/13,890 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: -/6,945 (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މަސައްކަތްތައް މޮނިޓަރކޮށް ހިނގާ ނުހިނގާ ގޮތް ބެލުމާއެކު ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކަމާއެކު ކުރިއަށް ގެންދިއުން.
  2. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ފަންކްޝަން ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރުމާއި އިނޮވޭޝަން ގެނެވޭނެ ގޮތްތައް ހޯދާ އެކަންކަން ކަމާގުޅޭ ސެކްޝަންތަކާއެކު ތަންފީޒުކުރުން.
  3. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބާއްވާ ޕޮލިސީ ބައްދަލުވުންތަކަށް ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ފަރާތުން ހުށަހަޅަންޖެހޭ ކަންކަމާގުޅޭ ދިރާސާތައްކޮށް، އެފަދަ އެންމެހާ މަޢުލޫމާތުތައް ހުށަހެޅުމާއި، ޕޮލިސީ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ތަންފީޛްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ތަންފީޛުވާ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  4. ޑީޖޭއޭ އިން ބާއްވާ އެކިއެކި އިވެންޓްތަކާއި ކޮންފަރެންސްތައް ފަދަ ކަންކަމުގައި ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ސަޕޯޓް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  5. ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް ސެކްޝަންތަކުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުމަށްޓަކައި ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ ސެކްޝަންތަކުން ފޯރުކޮށްދޭންޖެހޭ ސަޕޯޓް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  6. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އެންމެހާ ކަންކަން މޮނިޓަރކޮށް މަސައްކަތްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން.
  7. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ސްޓޮކް އެންޑް އިންވެންޓްރީ ސެކްޝަނުގެ އެންމެހާ ކަންކަން މޮނިޓަރކޮށް މަސައްކަތްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން.
  8. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ޕްރޮކިއުމަންޓް ސެކްޝަނުގެ އެންމެހާ ކަންކަން މޮނިޓަރކޮށް މަސައްކަތްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން.
  9. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ޖުޑީޝަލް އާކައިވް ސެކްޝަނުގެ އެންމެހާ ކަންކަން މޮނިޓަރކޮށް މަސައްކަތްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން.
  10. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ އެންމެހާ ސެކްޝަންތަކުގެ ސެކްޝަން ހެޑުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން އަދި ސެކްޝަން ހެޑުންގެ ޕާފޯމަންސާއި މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. 
  11. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ އެންމެހާ ސެކްޝަންތަކުގެ ސްޓްރެޓީޖިކް ޕްލޭން އަދި އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތްކުރުން. 
  12. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ އެންމެހާ ސެކްޝަންތަކުގެ މެންޑޭޓްގައި ހިމެނޭ އެންމެހާ މަސައްކަތްތައް ރިވިއުކޮށް، މަސައްކަތުގެ ވާރކް ފްލޯ އަދި ޕްރޮސެސްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެފަދަ އެންމެހާ ބަދަލުތައް އިމްޕްލިމެންޓްކުރުން.
  13. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ އެންމެހާ ސެކްޝަންތަކުގެ މަސައްކަތްތަކާއި ގުޅިގެން އެކުލަވާލަންޖެހޭ އެންމެހާ ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި އެފަދަ އެންމެހާ ޕޮލިސީތައް އިންޕްލިމެންޓްކުރުމުގެ މަސައްކަތްކުރުން. 
  14. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ ސެކްޝަންތަކުގެ ތެރެއިން ވަކި ވަކި ސެކްޝަންތަކުގެ ހެޑްގެ މަސްޢޫލިއްޔަތު ޙަވާލުކުރެވޭ ޙާލަތްތަކުގައި އެސެކްޝަނެއްގެ މެންޑޭޓްގައި ހިމެނޭ އެންމެހާ މަސައްކަތްތައް ކުރުވުމާއި ސެކްޝަންގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  15. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ ދަށުން މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ޤަވައިދުން ކުރިޔަށްދާކަމާއި ކޮމިޓީއިން ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިޔަށްދާކަން ކަށަވަރުކުރުން.
  16. ކޯޕަރޭޓް ސަރވިސަސް ޑިވިޝަންގެ މަސައްކަތްތަކާއި ގުޅިގެން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަވާލުކުރައްވާ އެންމެހާ މަސައްކަތްތައް ކުރުމާއި އެމަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުން.

މަޤާމުގެ ޝަރުޠުތައް:

 1-   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 8   އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން   6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

 އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޕަބްލިކް   އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް، ޝަރީޢަތާއި ޤާނޫނު

 

 ޕްރިފަރޑް ޑިސިޕްލިންތައް:

 ނެތް

 މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  4. އެކައުންޓިންގ އެންޑް ފައިނޭންސް
  5. ޝަރީޢަތާއި ޤާނޫނު

 ނޯޓު:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް   ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

 އެޑްމިނިސްޓްރޭޝަން

 މެނޭޖްމަންޓް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަނަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. 

 2.1.   ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

 2.2.   މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3.   ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން   މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

 2.4.   ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

 2.5.   އަނބިމީހާ ނުވަތަ ފިރިމިހާ؛

 2.6.   ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން   އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

 2.7.   މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ   އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

 2.8.   ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

 2.9.   ދެބޭންގެ ދެދަރި މީހަކު.

 ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.judiciary.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ   ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި   ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް   (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ   މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ   ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް   އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް   އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

 އަސާސީ ޝަރުޠު ހަމަވުން

25

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް   ދެވޭ ޕޮއިންޓ

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

 ޕްރެޒެންޓޭޝަން

15

 އިންޓަރވިއު

30

 ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މާރިޗު 16 ވާ އާދީއްތަ ދުވަހުގެ 12:30 ގެ   ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-   މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ،   އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 20 މާރިޗު   2025 ން 22 އެޕްރީލް 2025 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

 އިންޓަވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން   ހޯދާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް   (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް   ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ   ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް   ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341014 / 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ   މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

05 މާރިޗު 2025
ހޯދާ