ދިވެހިރާއްޖެ
ތަޢާރަފް |
1. |
(ހ) |
މިއީ، ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"ގެ 22 ވަނަ މާއްދާގެ (ހ) އަދި (ހހ)ގެ ދަށުން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުޞޫލެވެ. |
|
|
|
(ށ) |
މި އުޞޫލަށް ކިޔާނީ " ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި ޢަމަލުކުރަންޖެހޭ ގޮތުގު އުޞޫލު"އެވެ. |
|
މަޤުޞަދު |
2. |
މި އުޞޫލުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލްކުރުމެވެ. |
||
|
|
(ހ) |
ފަތުރުވެރިކަމުގު ދާއިރާއިން މަތިވެރީގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި ކައުންސިލުން ޢަމަލުކުރަންޖެހޭ ގޮތްތައް ކަނޑައެޅުމާއި ކައުންސިލުން ބަލަހައްޓަންޖެހޭ ކަންކަން ކަނޑައެޅުން. |
|
|
|
(ށ) |
ފަތުރުވެރިކަމުގެ ދާއިރާއިން މަތިވެރީގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ފުރުޞަތު ފަހިކޮށްދީ މަތިވެރީގައި މިކަމުގެ ވިޔަފާރި ފުޅާކޮށް ފެތުރުމަށް މަސައްކަތުކުރުން. |
|
|
|
(ނ) |
ވާދަވެރި ފަތުރުވެރިކަމުގު ވިޔަފާރިއެއް ޤާއިމުކުރުން. |
|
|
|
(ރ) |
ރަށުގެ އިޙްތިޞާސްގައި ހިމެނޭ ފަޅާއި ފިނޮޅާއި ފަރުގެ ފުރިހަމަކަމާއި ރީތިކަން އިޝްތިހާރުކޮށް، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން. |
|
|
|
(ބ) |
ދެވޭ ޚިދުމަތުގެ ތެރެއިން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ވިޔަފާރި ތަޢާރަފުވެ ދުރު މުސްތަޤުބަލަށް ދެމިގެންދާ ގޮތަށް އެވިޔަފާރީގެ ތެރެއިން ފަތުރުވެރިކަމުގު ސިނާޢަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޢާމްދަނީ ވަންނާނެ މަގުތައް ތަނަވަސްވެފައި އޮތުން. |
|
އުޞޫލަށް އަމަލުކުރަން ފެށުން |
3. |
މި އުޞޫލަށް ޢަމަލުކުރަންފަށާނީ ، މި އުޞޫލް ކައުންސިލުން ފާސްކޮށް ގެޒެޓް ކުރާ ތާރީޚުން ފެށިގެންނެވެ. |
||
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުން |
4. |
މި އުޞޫލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގޭނީ ގަވާއިދު ނަންބަރު: 2021/R-176 “ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު"ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. |
||
ފަތުރުވެރިންގެ ޙަރަކާތްތައް ރާވާ ހިންގުން |
5. |
(ހ) |
ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށުގައި ރަޖިސްޓްރީކޮށް، ހިންގުމުގެ ހުއްދަ ނަގާފައިވާ ތަންތަނަށް ބުކިންގް ހަދައިގެން ޒިޔާރަތްކުރާ ފަތުރުވެރިންކަން ޔަޤީން ކުރަންވާނެއެވެ. |
|
|
. |
(ށ) |
ކޮންމެ ފަތުރުވެރިއަކީވެސް ޗެކް-އިން ކުރާއިރު ގެސްޓް ރެޖިސްޓްރޭޝަން ކާޑު ފުރުމަށްފަހު ޗެކް-އިންވާ ފަތުރުވެރިންކަން ޔަޤީންކުރަންވާނެއެވެ. |
|
|
|
(ނ) |
އެވަގުތަކު ރަށުގައިތިބި ޖުމްލަ ފަތުރުވެރިންގެ އަދަދާއި، ފަތުރުވެރިންތިބި ތަންތަނުގެ ތަފްސީލް މަޢުލޫމާތު އެއްތަނަކުން ލިބޭ ތަނަކަށް ރަށުގެ ޓޫރިސްޓް އިންފޯރމޭޝަން ޑެސްކް ވާންވާނެއެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ފަތުރުވެރިއެއްގެ ތަފްސީލް މަޢުލޫމާތު ( މިސާލު: ޕާސްޕޯރޓް ނަންބަރު ، އުފަން ތާރީޚް ) މިނިސްޓްރީގެ ބޭނުމަށް ފިޔަވައި އެއްވެސް ހާލަތެއްގައި ޢާންމުކުރުމަކީ މަނާކަމެކެވެ. |
|
|
|
(ރ) |
ރަށާއި ބެހޭގޮތުން ދެވެންޖެހޭ ޢާންމު މައުލޫމާތުގެ ތެރެއިން ، ރަށުގެ ޗާޓަކާއިއެކު މޫދަށްއެރުމަށް ޙާއްސަ ތަންތަނާއި ، ޖެޓީ / ހާބަރުތަކާއި ، މަގުތައް އަދި އެހެނިހެން ހިދުމަތްތައް ލިބޭނެ ތަންތަން ފަސޭހައިން ކިޔާއިދެވޭނެގޮތަށް ތައްޔާރުކުރެވިފައި ހުންނަންވާނެއެވެ. |
|
|
|
(ބ) |
ރަށުގައި ތިބޭ ޓޫރިސްޓުން ރަށުގެ ޢާންމުތަންތަނުގައި އުޅޭއިރު ހެދުން އަޅާނެ މިންގަނޑު ކިޔައިދޭންވާނެއެވެ. އަދި މަދުމިނުން އިނގިރޭސި ބަހުންލިޔެ ، މި ލޔުން ރަށުގައި ހިންގާ ގެސްޓްހައުސް ، ހޯމްސްޓޭ ޓޫރިސްޓް ހޮޓާފަދަ ތަންތަނާއި ޙިއްސާކުރަންވާނެއެވެ. |
|
|
|
(ޅ) |
ރަށުގައިތިބޭ ފަތުރުވެރިން ، އެ ބަޔަކުތިބޭ ގެސްޓްހައުސް ނުވަތަ ހޯމްސްޓޭއެއްގެ ޢާންމު ސަރަޙައްދުތަކާއި ރަށު ތެރެއަށް ނިކުމެއުޅޭއިރު ހެދުން އަޅަންވާނީ އަންނަނިވި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. |
|
|
|
|
1. |
ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓް ބުރި |
|
|
|
2. |
އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާރޓް ، ބްލައުޡް ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާރުގެ ސޯޓްބުރިއެވެ. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެއެވެ. |
ރަށު ޓޫރިޒަމް ޑެސްކުން ލިބެންޖެހޭ ހިދުމަތްތައް |
6. |
(ހ) |
ރަށު ޓޫރިޒަމް ޑެސްކުން ރަށުގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ފަތުރުވެރިން ބައިތިއްބާ ހުރިހާ ތަންތަނެއްގެ މަޢުލޫމާތު ލިބެން ހުންނަންވާނެއެވެ. މީގެތެރެއިން ހޯމްސްޓޭގެ ގޮތުގައި ހިންގާގެސްޓްހައުސް ތަކާއި ގެސްޓްހައުސްތައް އަދި ޓޫރިސްޓް ހޮޓާ ނުވަތަ ރިޒޯޓް ހޮޓަލެއް ހުރިނަމަ އެތަންތަނުގެ މަޢުލޫމާތު ލިބެން ހުންނަންވާނެއެވެ. އަދި މި މަޢުލޫމާތުގެ ތެރޭގައި އެތަންތަނުގެ ކޮޓަރީގެ އަދަދު، ގުޅޭނެ ނަންބަރު . އީމެއިލް ނުވަތަ އިތުރު ޙާއްސަކަމެއް ވާނަމަ ( މިސާލު : ސުވިމިން ޕޫލް ) އެކަމެއްވެސް ފާހަގަ ކުރަންވާނެއެވެ. |
|
|
|
(ށ) |
އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ ، ނުވަތަ ޒަރޫރީ ހިދުމަތެއް ހޯދުމަށް ގުޅާނެ ނަންބަރުތައް ދެވެން ހުންނަންވާނެއެވެ. އަދި މީގެތެރެއިން އަންނަނިވި ތަންތަން ކޮންމެހެން ހުރުން ލާޒިމުވާނެއެވެ. |
|
|
|
|
1. |
ރަށުގެ ހޮސްޕިޓަލް، ހެލްތު ޕޯސްޓް ނުވަތަ ޞިއްހީމަރުކަޒު |
|
|
|
2. |
އެމްބިއުލަންސް |
|
|
|
3. |
އެންމެ ކައިރި ފުލުހުންގެ އިދާރާ |
|
|
|
4. |
ކައުންސިލް އިދާރާގެ ފޯކަލް ޕޮއިންޓްގެ ނަންބަރު |
|
|
|
5. |
ރަށު ހޮޓާ ކެފޭ، ރެސްޓޯރެންޓް |
|
|
|
6. |
ރަށުގެ ލޯންޑްރީ އަދި އިސްތިރިކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން |
|
|
|
7. |
ރަށުތެރޭގައި ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތްތަކުގެ މަޢުލޫމާތު |
|
|
|
8. |
ރެކްރިއޭޝަންގެ ގޮތުގައި ރަށުން ލިބެންހުރި ވަޞީލަތްތައް / ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު. |
އެހެނިހެން ކަންތައްތައް |
7. |
(ހ) |
ފަތުރުވެރިންނަށް ރަށުގެ އެކިކަހަލަ އާސާރީ ބިނާތައް ނުވަތަ ތަންތަނަށް ޒިޔާރާތްކުރާއިރު ޢަމަލުކުރާނެ ގޮތްތަކާއި، ތިމާވެއްޓަށް ރައްކާތެރިވުމަށާއި، ދިވެހިންގެ އާދަކާދައަށް ޢަމަލުކުރަމަށް އިރުޝާދު ދޭންވާނެއެވެ. |
|
|
|
(ށ) |
އަދި ދިވެހީންގެ ޘަޤާފަތާއި އާދަކާދައަށް އިޙްތިރާމްކުރުމަށާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިޙްތިރާމްކުރުމަށް ބުނެދޭންވާނެއެވެ. |
|
އުޞޫލަށް ބަދަލުގެނައުން |
8. |
މި އުޞޫލަށް އެއްވެސް ބަދަލެއް ގެންނާނީ ކަމާއިގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާކޮށް އެކަމެއް ކައުންސިލުން ފާސްކޮށްގެންނެވެ. |
||
އުޞޫލުގައި ނެތް ކަމެއް ދިމާވުން |
9. |
މި އުޞޫލުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލުކުރާނީ ކައުންސިލުން މަޝްވަރާކޮށް ނިންމާ ގޮތެއްގެ މަތީންނެވެ. |
||
އުޞޫލަށް ޢަމަލުކުރަން ފެށުން |
10. |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލު މަތިވެރީ ކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ . |