ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މިއިދާރާއިން ދޭ މަޢްލޫމާތާ އެއްގޮތަށް ކުނިކޮށި ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1- މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
2- މަޢުލޫމާތު ދިނުން އޮންނާނީ 06 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
3- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް
| ތަފްޞީލް | އިންސައްތަ | 
| ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން) | 95% | 
| ތަޖްރިބާއަށް (ތަޖްރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއި ގުޅުންހުރި ލިޔުން ތަކަށްވުމާއި، އަދި ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.) | 5% | 
މިއިޢުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާ ނަމަ ހުށަހެޅުން ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލްއަށް ލިބިގެންވެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
 
                    