ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮލަމާފުށީ ކައުންސިލަށް އެކްސްކަވޭޓަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން

ކޮލަމާފުށީ ކައުންސިލަށް އެކްސްކަވޭޓަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

                    މި އިދާރާއަށް  Kobelco SK75URނުވަތަ މި މޮޑެލްއާ އެއްފެންވަރެއްގެ އެކްސްކަވޭޓަރެއް ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.                      ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

10 މާރިޗު 2025

ހޯމަ ދުވަހުގެ    1.001

އަންދާސީ ހިސާބު ހުށަހެޅުން

18 މަރިޗު 2025

އަންގާރަ ދުވަހުގެ 1:001

  

                     މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.   މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017  އަށް ގުޅުއްވުން އެދެމެވެ.        

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                            05 رَمَضَان 1446

                            

05 މާރިޗު 2025
ހޯދާ