ދިވެހިރާއްޖެ
އިޢުލާނު
ރަށުގެ އެކި ސަރަޙައްދުތަކުން ނަގާ މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ގަސްލަކުޑި ދުވަހު ނީލަމުގައި ވިއްކާލަގޮތަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)321-A/321/2025/30 (12 ފެބުރުވަރީ 2025) އިޢުލާނާއި، ނަންބަރު:(IUL)321-A/321/2025/40 (23 ފެބުރުވަރީ 2025) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައި ނުވާތީ، މި ގަސްތައް ނީލަން ކިއުމަށް ތިންވަނަ ފަހަރަށް އިޢުލާނުކުރަމެވެ. މި ނީލަން ކިއުން އޮންނާނީ، 2025 މާރިޗު 14 ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ކުނިކޮށީގެ ދެކުނުން އޮތް ސަރަޙައްދުގައެވެ.
ވީމާ، މި ގަސްލަކުޑިތައް ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 މާރިޗު 14 ވާ ހުކުރު ދުވަހު އެގަޑިއަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ
އަދި ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2025 މާރިޗު 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި 2025 މާރިޗު 20 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ގެންގޮސް ނިންމާ ބިން ސާފުކޮށް ބިން ކައުންސިލަށް ދައްކަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެތި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެންދެވޭނެ ވާހަކަވެސް ދެންނެވީމެވެ
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.