ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓްގެ ނަންބަރު: MTCC-RMD/IU/2015/90 (ތާރީޚު: 18 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މި ކާރުގެ އަގު ތިރިކުރުމަށް ފަހު ނީލަމުގައި ވިއްކުމަށް އަލުން އިޢުލާން ކުރަމެވެ. ކާރުގެ ނީލަން 13 އޮގަސްޓު 2015 ވަނަ ދުވަހު ސިޓީލާ ނީލަމުގައި ފެށޭނެ ވާހަކަަ ދަންނަވަމެވެ.
ބާވަތް |
ރަޖިސްޓަރީ ނަންބަރު |
ތަކެތި ހުރި ތަން |
ނީލަން ފެށޭ އަގު |
އިތުރުކުރެވޭ އަގު މަދުވެގެން |
ކާރު (ނިސާން) |
B1A G3496 |
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ |
10,000.00 |
2,000.00 |
ވީމާ، މި ތަކެތީގެ ނީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކާރަށް އަގު ހުށަހަޅައި ސިޓީ ފޮނުއްވާނީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓްގެ، ފުރަތަމަ ފަންގިފިލާ (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) އަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން މިޑިޕާޓްމަންޓްގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484/ 3001476 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
24 ޝައްވާލް 1436