ދިވެހިރާއްޖެ
ކެނދިކުޅުދޫގެ އަތިރި މައްޗަށް ޒަމާނުއްސުރެ ކުނި އެޅުމުގެ ސަބަބުންނާއި ފަތްކުނި ގިނަވުމުގެ ސަބަބުން އުފެދިފައިވާ ކުނި ގޮނޑުތައް ނަގާ ސާފުކުރުމަށް މިކައުންސިލުގެ 126 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން، ކެނދިކުޅުދޫގެ އަތިރިމަތިތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން، ރަށުގެ އަތިރިމަތީގަޔާއި ހޭޅިފަށިގައި ކަނޑު އުޅަނދު ފިޔަވާ އެއްވެސް އަމިއްލަ ފަރާތެއްގެ މުދަލެއް ވާނަމަ ނެގުމަށް އަންގަމެވެ.
ލޯކަލް ޓުއަރިޒަމަށް ކެނދިކުޅުދޫ ފައްކާކުރުމުގެ ގޮތުން ކެނދިކުޅުދޫ ބްރޭންޑިންގ "ދި މެންގްރޫވް އައިލެންޑް" ގެ ނަމުގައި ރަށް ޕްރޮމޯޓް ކޮށް މާކެޓްކުރަން މިވަނީ ފަށާފައެވެ. އެގޮތުން، މިހާރު ކެނދިކުޅުދޫގައި ޓުއަރިސްޓް ހޯމްސްޓޭ ކުރުމުގެ ހުއްދަ ލިބިފައިވާއިރު، ކެނދިކުޅުދޫގައި ލަކްޒަރީ ގެސްޓް ވިލާތަކެއް އަޅާ ހިންގުމަށް ވަނީ ހަވާލުކޮށްފައެވެ. އެހެންކަމުން، ރަށުގެ ކުރިމަގާއި ގުޅިފައިވާ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ރަށުތެރެއާއި އަތިރިމަތި ސާފުކޮށް ބެލެހެއްޓުމަކީ ރައްޔިތުންގެ އަމާޒަކަށް ވާންވާނެއެވެ.
ކެނދިކުޅުދޫ ސާފުކޮށް ރީތިކޮށް ބެލެހެއްޓުމުގައި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ. އެހެންކަމުން، ކެނދިކުޅުދޫގެ އަތިރިމަތި ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ އަތރިމަތީގައި އެހެލާފައިހުރި ކަނޑު އުޅަނދު ފަހަރު ފިޔަވައި އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއް ވާނަމަ 31 މާރިޗް 2025 ވާ ހޯމަ ދުވަހުގެ ކުރިން ނެގުމަށް އަންގަމެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި ނުންނަގަވާ ހުރި ތަކެތި ކުނީގެ ގޮތުގައި ކަނޑައަޅާ، މެޝިނަރީ ބޭނުންކޮށް ނަގާ، އުކާލެވޭނެ ކަމުގައިވެސް ދަންނަވަމަވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
4 ރަމަޟާން 1446