މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިފުރާނާ އަލުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މައުލޫމާތާއި ކުޅިވަރު ބިމާ އިންވެގެންވާ މ.މަޑުއްވަރީ ޤަބުރުސްތާނުގެ ފާރު ( ޤަބުރުސްތާން ދެކުނު ފާރު ) އިން  ފެށިގެން އެތެރެއަށް 32 ފޫޓް ފުޅާ  72 ފޫޓް ދިގު ސަރަހައްދެއް ވިނަނޮޅައި ސާފުކޮށް ފެން ޖެހޭ މިންވަރަށް (އާންމުގޮތެއްގައި 3 ފޫޓް ފުންމިން) ކޮނެ ވެލި ފުރޭނުމަށް ފަހު އަލުން އެތަނަށް ފަސްއަޅައިދީ ލެވެލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު މި އިދާރާގެ ނަންބަރު :  (IUL)369-AS/369/2025/16 ( 11 ފެބުރުއަރީ 2025 ) އިޢުލާނަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބި ، ހުށަހެޅުން ލިބިފައިނުވާތީ ، 3 ވަނަ ފަހަރަށް މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. ވެލި ފުރާނާއިރު ކަށި ފެނުނުނަމަ އެކަށިތައް ނަގައި ކައުންސިލުން ދޭ އިރުޝާދާއި އެއްގޮތަށް ޤަބުރުސްތާނުގެ އެހެން ސަރަހައްދެއްގައި ވަޅުލުމުގެ މަސައްކަތް ކޮށްދެއްވަންވާނެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ނަންނޯޓްކުރުން

04 މާރިޗު 2025 ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 މާރިޗު 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް    ލިންކް : https://forms.gle/UbwJXeFy3VZacKaL8

މަޢުލޫމާތު ސާފުކުރުން

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް މި އިޢުލާނާ އެއްކަރުދާސްކޮށް އާންމުކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުން

13 މާރިޗު 2025 ، ބުރާސްފަތި 10:30 ، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށް ހާޟިރުވެ

މިހެންވެ، މިކަން ރައްޔިތުންގެ މަޢުލޫމާތައްޓަކައި އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

04 މާރިޗު 2025
ހޯދާ