މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ފިޠުރުޒަކާތުގެ ފައިސާ ބަހަމުން އައިސްފައިވަނީ އެ ރަށަކުން ލިބޭ ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނާއި މިސްކީނުންނަށެވެ. މިގޮތަށް ފިޠުރުޒަކާތް ބެހުމުން އެކި ރަށްރަށުގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނާއި މިސްކީނުންނަށް ފިޠުރުޒަކާތް ލިބުމުގައި ހުންނަ ބޮޑެތި ފަރަގުތައް ނައްތާލުމަށްޓަކައި، 1446 ވަނަ އަހަރުން ފެށިގެން ފިޠުރުޒަކާތް މުޅި ރާއްޖޭގެ އެންމެހައި ފަޤީރުންނާއި މިސްކީނުންގެ މެދުގައި ހަމަހަމަކަމާއިއެކު ބެހުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ނިންމާފައެވެ. އެގޮތުން ހުރިހާ ރަށަކުން ބަލައިގަނެވޭ ފިޠުރުޒަކާތުގެ ފައިސާ ޒަކާތު ހައުސްއަށް ގެނައުމަށްފަހު، އެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ޖަމާކުރާނީ ޒަކާތު ހައުސްއިން ކަމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް:

 

  1. ފިޠުރުޒަކާތް ބަލައިގަންނާނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މި މިނިސްޓްރީއިން ޢާއްމުކުރާ ރޭޓުތަކުންނެވެ.
  2. ފިޠުރުޒަކާތް ބަލައިގަންނާނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ނަޤުދު ފައިސާއިންނެވެ. މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1446 (02 މާރޗް 2025) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 (2025 މާރޗް 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 11:30 އަށެވެ.

(02 ރަމަޟާން 1446 އިން 27 ރަމަޟާން 1446 ވަނަ ދުވަހުގެ މެންދުރު 11:30 ފަހުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ދެންނެވީމެވެ.)

  1. އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ ތިރީގައިއެވާ މުއައްސަސާތަކުންނެވެ. އަދި ޕޯޓަލްތަކުގެ ލިންކާއި ކިއުއާރު ކޯޑުތައް ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް (https://zakathouse.gov.mv/) ގައި ޢާއްމުކޮށް ފެންނަށް ހުންނާނެއެވެ.

 

#

އިދާރާ /މުއައްސަސާ

ސުންގަޑިތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

27 ރަމަޟާން 1446 ގެ ހެނދުނު 06:00

2

އުރީދޫ

27 ރަމަޟާން 1446 ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

27 ރަމަޟާން 1446 ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

27 ރަމަޟާން 1446 ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

ބަނޑޭރިޕޭ

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

 

ނޯޓް: އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ޒަކާތް ދައްކަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

                 ފިޠުރުޒަކާތުގެ ގޮތުގައި ދައްކަވަންޖެހޭނީ އެބަޔަކު އަހަރު ތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ އަގެވެ. ނުވަތަ 2.4 ކިލޯއެވެ.

#

ބާވަތް

ރޭޓު (މީހަކަށް ދައްކަންޖެހޭ ވަރު)

1

އާދައިގެ ހަނޑޫ

-/12 (ބާރަ ރުފިޔާ)

2

ތައިލެންޑް ހުދު ހަނޑޫ

-/62 (ފަސްދޮޅަސް ދެ ރުފިޔާ)

3

ރަތް ހަނޑޫ

-/86 (އަށްޑިހަ ހަ ރުފިޔާ)

4

ބާސްމަތީ ހަނޑޫ (އާދައިގެ)

-/74 (ހަތްދިހަ ހަތަރު ރުފިޔާ)

5

ބާސްމަތީ ހަނޑޫ (މޮޅު)

-/100 (ސަތޭކަ ރުފިޔާ)

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

-/133 (ސަތޭކަ ތިރީސް ތިން ރުފިޔާ)

7

އާދައިގެ ފުށް

-/10 (ދިހަ ރުފިޔާ)

8

އާޓާ ފުށް

-/75 (ހަތްދިހަފަސް ރުފިޔާ)

 

ފިޠުރުޒަކާތް ބެހުން:

 

ފިޠުރުޒަކާތުގެ ފައިސާ (ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިން ޕްލެޓްފޯމްތަކުންނާއި، ކައުންސިލްތަކުން ބަލައިގަނެވޭ ފިޠުރުޒަކާތުގެ ފައިސާ) ބަހާނީ، 01 ރަމަޟާން 1446 އާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޒަކާތު ހަ އުސްއިންނެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2025
ހޯދާ