ދިވެހިރާއްޖެ
ރޮމޭނިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަރޝިޕް 2026-2025 |
2025-2026 ދިރާސީ އަހަރު ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަރޝިޕް އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 12 މާރިޗް 2025 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ރޮމޭނިއާ އެންބަސީ އިން ވަނީ އަންގަވާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ގެ ޕްރޮގްރާމްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނަތީޖާ 30 ޖޫން 2025 ވާ ބުރާސްފަތި ދުވަހު އީ.މެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް އެންގޭނެކަމަށް ރޮމޭނިއާ އެންބަސީއިން އަންގަވާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. ސްކޮލަރޝިޕަށް އެލްޕިކޭޝަން ހުށަހެޅުމަށްޓަކައި، ތިރީގައިވާ 2 ލިންކް ބޭނުންކުރެވޭނެއެވެ.
- https://studyinromania.gov.ro - https://scholarships.studyinromania.gov.ro
............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |