ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ގެ ދިރާސީ އަހަރު ޕްރީސްކޫލަށް ކުދިން ވެއްދުމާއިގުޅޭ

ދިރާސީ އައު އަހަރުގެ ކިޔެވުން 06 އޭޕްރީލް 2025 ގައި ފެށުމަށް ނިންމާފައިވާތީ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާތައް ބަލާނީ ތިރީގައި މިވާ ގޮތަށެވެ.

 

ގްރޭޑް

2025 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާ

ބޭބީ ނަރސަރީ

2024 ޑިސެމްބަރު 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނަރސަރީ

2024 ޑިސެމްބަރު 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން

 

               ވީމާ، 2025 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 2025 މާރިޗު 31 ގެ 13:00 ގެ ކުރިން މިއިދާރާއަށް ހުޅަހެޅުންވުން އެދެމެވެ. މިކަމަށްއެދޭ ފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

 

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2025
ހޯދާ