ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

ކައުންސިލް އިދާރާއިން ހަދަމުންދާ ކުޑަކުދިންގެ ޕާކަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ގަތުމައްފަހު މި އިދާރާއިން އަންގާ ތަނަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

Unit

Quantity

Specification

Description

No.

PC

1

  1. Size: 800*400*400cm

 

Children’s Slide

1

PC

1

  1. Size: 250*65*90cm

 

Seesaw

2

PC

1

  1. Size: 200*38*56cm

 

Seesaw

3

PC

1

  1. Size: 280*40*55cm

 

Seesaw

4

PC

3

  1. Size: 70*35*68cm

Seesaw

5

PC

3

  1. Size: 70*35*68cm

Seesaw

6

PC

1

  1. Size: 120*120*100cm

 

Tent Fabric

7

މާކްސް ދޭނެގޮތް:

  1. އަގަށް: %50 (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  2. ޑެލިވަރީ މުއްދަތު: % 35 (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
  3. ތަޖުރިބާ: % 15 (2010 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2015 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  1. އަންދާސީހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކަށް އެއް އަންދާސީހިސާބެވެ.
  2. ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން
  3. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.    
  4. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ. 
  5. ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަންވާނެއެވެ. 
  6. ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
  7. ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ އެހެނިހެން މަސައްކަތްތައް ކޮށްފައިވާ ގޮތާ ގުޅޭގޮތުން ލިބިފައިވާ ރެކޮމެންޑޭޝަން ލެޓަރ ފަދަ ލިޔުންތަކަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

  1. ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 
  2. އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.
  4. އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ އެފަދަ ލިޔުންތައް .

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 19 އޮގަސްޓު 2015 ވަނަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި "ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގަތުމަށް" ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް އަންނަ ފަރާތްތަކަށެވެ.

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ

ގއ.މާމެންދޫ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 19 އޮގަސްޓު 2015 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިންގރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 682007 އަށް ގުޅުއްވުން އެދެމެވެ

19 ޝައްވާލް 1436

05 އޮގަސްޓް 2015
ހޯދާ