ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކައިވެންޏާއި ވަރިއާ ގުޅިގެން ހުށަހަޅާ ފޯމު ބަދަލުވުން

ކައިވެނި އަދި ވަރިއާ ގުޅިގެން މި ކޯޓުގައި ބޭނުންކުރަމުން ގެންދާ ތިރީގައި ދަންނަވާފައިވާ ފޯމުތަކަށް ވަނީ ބަދަލު ގެނެވި އިޞްލާޙުކޮށްފައެވެ.

  1. ކައިވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (MC-01)
  2. އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (MC-02)
  3. ކައިވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމު (MC-03)
  4. ވަލީ ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމު (MC-05)
  5. ކައިވެނި / ވަރީގެ ސެޓްފިކެޓަށް އެދި ހުށަހަޅާ ފޯމު (MC-12)
  6. ޢިއްދަ ހަމަކުރުމަށް އެދި ހުށަހަޅާ ފޯމު (MC-13)

ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ މަޢުލޫމާތު ފޯމުގައި ހިމެނިފައިވާނެއެވެ. އަލަށް ތަޢާރަފުކުރެވުނު ފޯމުތައް މި ކޯޓުގެ ވެބްސައިޓު: www.hdh-kulhudhuffushi.courts.gov.mv   އިންނާއި، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކުރީގައި ބޭނުންކުރެވެމުންދިޔަ ފޯމުތައް 2025 މާރޗް 15 ވަނަ ދުވަހުން ފެށިގެން، މި ކޯޓަށް ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 މާރިޗު 2025
ހޯދާ