ދިވެހިރާއްޖެ
މި ކޮމިޓީއާއި ހޯނޑެއްދޫ ކައުންސިލާއި ގުޅިގެން މިރަމަޟާން މަހު، ކުޑަކުދިންނަށް ނަމާދުކުރުމަށް ދަސްކޮށްދިނުމަށްޓަކައި "ނަމާދު ވޯކްޝޮޕް" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 10 މާރިޗް 2025 އިން 25 މާރިޗް 2025 އާދެމެދު މަސްޖިދުލް ފުރުޤާން މިސްކިތުގައެވެ. މިގޮތުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 06 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވެ މިޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި ޕްރޮގްރާމްގައި ބައިވެރިކުރުމަށް އެދޭ 06 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިން 08 މާރިޗު 2025 ވާ ހޮނިހިރު ދުވަހު 14:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށްގެން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.
ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://forms.office.com/r/eJRysXPk3H
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.