ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1446ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހު ހެނދުނު 9.30 އިން 12.00 އަށް މި އިދާރާގައި އޮންނާނެއެވެ. ނަގަދު ފައިސާއިން ޒަކާތް ދައްކާނަމަ ފައިސާ ގެންނަށް ވާނީ އެމީހަކު ފައިސާ ދައްކަވަން ބޭނުންވާ އަދަދަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދުގެ ތިރީގައި އެވަނީއެވެ.
1446 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
62 ރުފިޔާ |
3 |
ރަތް ހަނޑޫ |
86 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
74 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
100 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު ) |
133 ރުފިޔާ |
7 |
އާދައިގެ ފުށް |
10 ރުފިޔާ |
8 |
އާޓާ ފުށް |
75 ރުފިޔާ |
މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ނަމްބަރ: 496-A2/CIR/2025/3 ސާރކިއުލަރ ގައިވާ ގޮތަށް ނަޤުދު ފައިސާއިންނެވެ. އަދި ފިޠުރު ޒަކާތް އޮންލައިންކޮށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމްބަރ: 496-A2/CIR/2025/3 ސާކިއުލާރ ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ރަމަޟާން 1446