މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ގެ ދިރާސީ އަހަރު އަލިފުށީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

2025 އޭޕްރީލް 6 ގައި ފެށުމަށް ހަމަޖެހިފައިވާ 2025 ގެ ދިރާސީ އަހަރު އަލިފުށީ ޕްރީސްކޫލަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކުން، ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

ގްރޭޑް

2025-2024 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރުފުރާ

ޕްލޭ ސްކޫލް

2024 ޑިސެމްބަރ 31 އަށް 18 މަސްފުރި އުމުރުން 2 އަހަރުން ދަށުގެ ކުދިން.

ބޭބީ ނާސަރީ

2024 ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން.

ނާސަރީ

2024 ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން.

               

ވީމާ، މިކަމަށް އެދޭ ފޯމް ފުރިހަމަކޮށް ދަރިވަރާއި، ބެލެނިވެރިޔާގެ އައިޑީކާޑްގެ ކޮޕީއާއެކު 2025 މާރިޗު 20 ވަނަ ދުވަހުގެ 13:00ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

            މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

            04 ރަމަޟާން 1446

04 މާރިޗު 2025
ހޯދާ