ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ބޭނުންކޮށް ބައުވެފައިވާ 2 ޕިކަޕް ނީލަންކިއުމާއި ގުޅޭ

މި ކައުންސިލުގައި ބޭނުންކުރުމަށްފަހު ބައުވެފައިވާ 2 ޕިކަޕް ނީލަން ކިއުމަށްވަނީ ހަމަޖެހިފައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަންނިމޭތާ ރަސްމީ 1 ދުވަހުގެ ތެރޭގައި ނީލަމުން ނެންގެވި ތަކެއްޗަށްވާ ފައިސާ ކައުންސިލަށް ދެއްކުމަށްފަހު ފައިސާދައްކާ ދުވަހުންފެށިގެން ރަސްމީ 1 ދުވަހުގެ ތެރޭގައި ތަކެތިގެންގޮސް ނިންމަންވާނެއެވެ. މަތީގައި ދެންނެވިފައިވާ ކަންކަން އެގޮތުގެމަތިން ތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން ފުރިހަމަނުކޮށްފިނަމަ ކައުންސިލުން ނިންމާގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ. މީގެ އިތުރުން، ރަޖިސްޓަރީ ބަދަލުކުރުމުގެ ކަންކަން ކުރަންވާނީ ނީލަމުން ނަގާފަރާތުންނެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 12 މާރިޗް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 16:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

04 މާރިޗު 2025
ހޯދާ