ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކޮށްފައިވާ މި އޮފީހުގެ ނަންބަރު (IUL)200-A/200/2025/11 (27 ފެބްރުވަރީ 2025 ) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުގައި ނީލަން ކިޔުންމަށް ހަމަޖެހިފައިވާ ތާރީޚް 12 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 އަށް ވަނީ ބަދަލުކުރެވިފައެވެ. އަދި މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 11 މާރިޗު 2025 އަންގާރަ ދުވަހުގެ މެންދުރު 13:00 މި ޓުރައިބިއުނަލަށް ޙާޟިރުވުން އެދެމެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއާއިއެކު 12 މާރިޗު 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް މި ޓުރައިބިއުނަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.