ދިވެހިރާއްޖެ
ތަޢާރަފް |
(ހ) |
މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 4 ވަނަ ބާބުގެ 23 ވަނަ މާއްދާގެ (ހ)ގެ 25 ވަނަ ނަމްބަރުގެ ދަށުން އެކުލަވާލާފައިވާ ލ. އިސްދޫ ކައުންސިލުން ފޯރު ކޮށްދޭ ރައްވެހި ކަމުގެ ޚިދުމަތުންފީނެގުމުގެ އުސޫލެވެ. |
|
ނަން |
.2 |
(ހ) |
މިއުސޫލަށް ކިޔާނީ " ލ.އިސްދޫ ކައުންސިލުން ފޯރު ކޮށްދޭ ރައްވެހި ކަމުގެ ޚިދުމަތުން ފީނެގުމުގެ އުސޫލް" އެވެ. |
މަޤުސަދު |
|
(ށ) |
މިއުސޫލް އެކުލަވާލުމުގެ މަޤުސަދަކީ ހައްދުންމަތީ އިސްދޫ ކައުންސިލުން ފޯރުކޮއްދޭ ރައްވެހިކަމުގެ އެކި އެކި ހިދުމަތްތައް ފޯރު ކޮށްދިނުމުގައި އެއްވެސް ތަފާތް ކުރުމެއްނެތި ރަށުގައި ދިރިއުޅޭ އަދި ރަށުގައި ދިރިނޫޅެ ރަށުގެ ރައްވެހިންނަށް ރައްވެހިކަމުގެ ހިދުމަތް ފޯރު ކޮށްދިނުމެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލް ހިންގުން |
.3 |
(ހ) |
މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ހިނގާފައިވާ ކަންކަމުގެ މައްޗަށް، މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު، މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ. |
ރަށުގެ ރައްވެހި ކަމަށް ބަދަލްވުން. |
.4 |
(ހ) |
މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން މިރަށުގެ ރައްވެއްސަކަށް ބަދަލްވާ ފަރާތް ތަކަށް (އެހެންރަށެއްގެ ރައްވެއްސަކަށްވެހުރެފައި ) މިރަށުގެ ރައްވެއްސަކަށް ބަދަލްވާ ކޮއްމެފަރާތަކަށް 2000ރ (ދެހާސް ރުފިޔާ) ގެ އިނާޔަތެއް އެފަރާތަކަށް (ރައްވެހިކަންބަދަލްވާ ފަރާތައް) ކައުންސިލުން އިނާޔަތެއްގެ ގޮތުގައި ދޭންވާނެއެވެ. އަދި ރަށްވެހިކަން ބަދަލްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) ހެއްދުމަށް ދާ ހަރަދު ދޭންވާނެއެވެ. |
ރަށުގެ ރައްވެހި ކަމުން ވަކިވުން. |
5. |
(ހ) |
މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން މިރަށުގެ ރައްވެއްސަކަށްވެހުރެ ރަށުގެ ރައްވެހި ކަމުން ވަކިވާނަމަ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް (ކުރަންޖެހޭ އިދާރީ މަސައްކަތްތަކަށް) ފީ އެއްގެ ގޮތުގައި އެވަކިވާ ފަރާތަކުން 5000ރ (ފަސްހާސްރުފިޔާ) ކައުންސިލައް ދައްކަންވާނެއެވެ. އަދި އެފައިސާ ކައުންސިލައް ދެއްކުމަށް ފަހުގައި އެފަރާތެއް ރަށުގެ ރައްވެހީންގެ ރަޖިސްޓްރީއިން އުނިކޮށް ރައްވެހިކަމް ބަދަލްވާން ބޭނުންވާ ރަށަކައް ނުވަތަ ވަކިވާން ބޭނުންވާ ފަރާތަކަށް ރަށުގެ ރައްވެހިކަމުން ވަކިވިކަމުގެ ލިޔުން ދޫކުރެވޭނެއެވެ. |
|
|
(ށ) |
މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން މިރަށުގެ ރައްވެއްސަކަށްވެހުރެ ރަށުގެ ރައްވެހި ކަމުން ވަކިވާނަމަ މިރަށުގެ ރަށްވެހީންގެ ގޮތުގައި އިސްދޫ ކައުންސިލުން ދޫކޮށްފައިވާ އެއްމެހައި ހުއްދަތަކާއި،ކައުންސިލްގެ އެކި އެކި ދަފްތަރު ތަކުން އެފަރާތެއް އޮޓޮމެޓިކަލީ އުނިވާނެއެވެ. އަދި މިރަށުގައި ދަނޑުވެރިކަން ކުރާނަމަ އެދަނޑުގައި ވާ އެއްމެހައި އުފުލޭ މުދާ ރަށުގެ ރައްވެހީންގެ ދަފްތަރުން ވަކިވާ ދުވަހުން ފެށިގެން 03 މަސްދުވަސްތެރޭ ނަގާ ބިން ހުސްކޮށް އެބިން ކައުންސިލާއި ހަވާލް ކުރަން ވާނެއެވެ. އަދި ނޫފުލޭ މުދާ ދޫކޮށް އެފަރާތަކުން އެބިން ވަކިވާނެއެވެ. އެގޮތައް ބިން ވަކިވާއިރުގައި އެބިމުގައި ހުންނަ އެއްވެސް އެއްޗަކަށް ކައުންސިލުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ. އަދި 3 މަސް ދުވަހުގެ މުއްދަތު ނިމުނުން އެބިންތައް އެހެންފަރާތް ތަކަށް ދިނުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
ރަށުގެ ރައްވެހިކަމުން ވަކިވުމައްފަހު އަލުން ރަށުގެ ރައްވެހިކަމަށް ބަދަލްވުން. |
6. |
(ހ) |
މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން މިރަށުގެ ރައްވެއްސަކަށްވެ ހުރެފައި ރަށުގެ ރައްވެހި ކަމުން ވަކިވެ އެހެންރަށެއްގެ ރައްވެއްސަކަށް ބަދަލްވެފައި، މިރަށުގެ ރައްވެހިކަމަށް ބަދަލްވިނަމަވެސް އަލަށް ރައްވެހި ކަމަކަށް ބަދަލްވާފަރާތަކަށް ދޭން ކަނޑައަޅާފައިވާ މި އުސޫލްގެ (4)ގެ (ހ) ގައިވާ އިނާޔަތްތައް އެފަރާތަކަށް ނުލިބޭނެއެވެ. |
ރަށުގެ ރައްވެހި ކަމަށްބަދަލްވާ ފަރާތްތަކަށް އޮންނަ އިހްތިޔާރުތައް. |
|
(ށ) |
މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން މިރަށުގެ ރައްވެއްސަކަށް ބަދަލްވާ ފަރާތްތަކަށް މިރަށުގައި ރައްވެހިވެފައިވާ ރަށުގެ ރައްވެހީންނަށް ޤާނޫނާއި،ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތީން ލިބިދީފައިވާ އެއްމެހައި އިހްތިޔާރުތަކަކާއި ހައްޤުތަކެއް ލިބިގެންވެއެވެ. |
މާނަކުރުން. |
7. |
(ހ) |
ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، "ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއެވެ". |