ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ މީޑިއާ އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ މީޑިއާ އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ ޑިރެކްޓަރ

މުސާރަ:

7,875/- ރުފިޔާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

އެހެނިހެން އެލަވަންސް:

·         ޖުޑީޝަލް އެލަވަންސް: 3,937.50/- (އަސާސީ މުސާރައިގެ %50)

·         ސަރވިސް އެލަވަންސް: 2,000/-

·         ލިވިންގ އެލަވަންސް: 3,000/-

·         ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

·         ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.      މިޑީއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ އެންމެހައި މަސައްކަތްތައް ޑިވިޝަން ހެޑްގެ ލަފާއަދި މަޝްވަރާއާއެކު މޮނިޓަރކޮށް، މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.

2.      ޝަރުޢީ ހުރިހާ ކޯޓެއްގެ މީޑިއާ އޮފިސަރުންގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެ މަސައްކަތްތައް މޮނިޓަރކުރުން.

3.      ޝަރުޢީ ދާއިރާގެ މައިގަނޑު އަމާޒުތަކާއި ލަނޑުދަނޑިތަކާއި ޙާޞިލުކުރަން ބޭނުންވާ ނަތީޖާތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޢާންމުންނަށް ފޯރުކޮށްދެވޭނެ ގޮތަކަށް ކޮންޓެންޓް ޑިވެލޮޕްކުރުމާއި ޓާގެޓް އޯޑިއަންސްތައް ދެނެގަނެ އެފަދަ ފަރާތްތަކަށް ޕްރޮފެޝަނަލް ގޮތެއްގައި މެސެޖްތައް ފޯރުކޮށްދިނުން.

4.      ޑީޕާޓްމަންޓުގެ ވެބްސައިޓާއި ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޝަރުއީދާއިރާއާގުޅޭ މަޢުލޫމާތު ޢާންމުކުރުމަށް ތައްޔާރުކުރަންޖެހޭ ކޮންޓެންޓް ޑިވެލޮޕްކޮށް، އެ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަކަށް މީސް މީޑިޔާއާއި އެ ނޫން ވެސް ވަޞީލަތްތައް މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށް ދިނުން.

5.      ޝަރުއީ ދާއިރާއާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސޯޝަލް މީޑިއާގެ ޗެނަލްތަކާއި އެ ނޫން ވެސް ވަޞީލަތްތައް ބޭނުންކޮށްގެން ދާއިރާއާ ގުޅުން ހުރި ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކެމްޕޭންތައް ކުރިއަށް ގެންދިއުން.

6.      ޑީޖޭއޭގެ ވެބްސައިޓާއި ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ވަސީލަތްތައް މެދުވެރިކޮށް ޑީޕާޓްމަންޓު އާންމުކުރަންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް އާންމުކުރުން.

7.      ޝަރުޢީދާއިރާއިން މީޑިއާއަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި އެފަރާތްތަކާ ޕްރޮފެޝަނަލްކަމާއެކު މުޢާމަލާތްކުރުން.

8.      މީޑީއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ޕްރޮފެޝަނަލް ގުޅުންތައް ދެމެހެއްޓުން.

9.      ޝަރުޢީދާއިރާއާއި ގުޅުންހުރި ޚަބަރުތަކާއި ނޫސްބަޔާންތައް ތައްޔާރުކޮށް އާންމުކުރުން.

10.  ޝަރުޢީދާއިރާގެ ފަރާތުން ބާއްވާ އެކި އިވެންޓުތަކަށް ތައްޔާރުކުރަންޖެހޭ ގްރެފިކްސް އަދި ވީޑިއޯ ތައްޔާރުކުރުން.

11.  ޝަރުޢީދާއިރާއިން ތައްޔާރުކުރަންޖެހޭ އެކިއެކި ކޮމިއުނިކޭޝަންސް މެޓީރިއަލްސް ތައްޔާރުކުރުން.

12.  ޑީޖޭއޭގެ މަސައްކަތަށް ބޭނުންވާ މަލްޓިމީޑިއާގުޅުން ހުރި އެންމެހާ މަސައްކަތް ކުރުން (ވީޑިއޯ އެޑިޓިންގް އަދި ގްރެފިކްސް ޑިޒައިނިންގް).

13.   ޑީޕާޓްމަންޓުން ބާއްވާ އެކި އެކި އިވެންޓުތަކާއި އެކި އެކި ހަރަކާތްތަކުގެ އަދި އޮފީހުގެ މުހިންމު ބައްދަލުވުންތަކުގެ ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، އަދި އެތަކެތި ގަވާއިދުން ޑިޖިޓަލީ އާކައިވް ކުރަމުން ގެންދިއުން.   

14.  ޝަރުޢީދާއިރާގެ ވަޒީފާތަކަށް މީހުން ޝައުޤުވެރިކަން އުފެއްދުމަށާއި، އަދި ވަޒީފާގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ގޮތަކަށް މި ދާއިރާގެ ބްރޭންޑް އިމޭޖް ޕްރޮމޯޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ކުރުން.

15.  މީސް މީޑިއާ އެ ނޫން ވަޞީލަތްތަކުގައި ޝަރުޢީދާއިރާއާގުޅޭ މަޢުލޫމާތު ފީޗަރ ކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ފުރުޞަތުތައް ހޯދުން.

16.  ޑީޕާޓްމަންޓުންގެ މުވައްޒަފުންނަށް ޚާއްޞަ މަޖައްލާ، ނުވަތަ މެގަޒިންފަދަ ލިޔުންތައް ޤަވާއިދުން ތައްޔާރުކޮށް މުވައްޒަފުންނަށް ފޯރުކޮށްދިނުން.

17.  މާކެޓިންގ ސްޓްރެޓެޖީސްތަކާއި، ޓެކްޓިކްސްތައް ބޭނުންކޮށްގެން ދާއިރާގެ ސޯޝަލް މީޑިއާ އެކައުންޓް ތަކާ ވެބްސައިޓް ޕްރޮމޯޓްކޮށް، މި ވަޞީލަތްތައް ބޭނުންކުރަމުންދާ އޯޑިއެންސް ފުޅާކުރުމަށް މަސައްކަތް ކުރުމާއި އަދި އޯޑިއެންސްގެ ޝައުޤުވެރިކަން ލިބޭނެ ގޮތަކަށް ކޮންޓެންޓް ތައްޔާރުކޮށް ޝެއަރ ކުރަމުން ގެންދިއުމާއި އަދި ސޯޝަލް މީޑިއާ އެންގޭޖްމަންޓް މޮނިޓަރކުރަމުން ގެންދިއުން.

18.  މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓަށް ލިބޭ ފޯމްތައް ބަލައިގަނެ، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފޯމަށް ޖަވާބު ދިނުން.

19.   މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގައި ބަޔާންކުރާ އިންފޮމޭޝަން އޮފިސަރުގެ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

1.      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2.      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3.       މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް، މަލްޓިމީޑިއާ، މާކެޓިންގ، ޖަރނަލިޒަމް

ގުޅޭ ވަޒީފާގެ ދާއިރާތައް

ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް، މާރކެޓިންގ، މަލްޓިމީޑިއާ، ޖަރނަލިޒަމް

 

ޕްރިފަރޑް ޑިސިޕްލިންތައް:

 ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް، މަލްޓިމީޑިއާ، މާކެޓިންގ، ޖަރނަލިޒަމް

 

ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުޠު

1.      ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

2.      ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަނަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1.   ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

2.2.   މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3.   ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

2.4.   ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5.   އަނބިމީހާ ނުވަތަ ފިރިމިހާ؛

2.6.   ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުންނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

2.7.   މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

2.8.   ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

2.9.   ދެބޭންގެ ދެދަރި މީހަކު.

ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) www.judiciary.gov.mv

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.      ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީނުވަތަސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މާރިޗު 12 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި،އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއްކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 81 މާރިޗު 2025 ން 20 އެޕްރީލް 2025 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

 

އިންޓަވިއުކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިންހޯދާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

·    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341014 / 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

·    މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

·    ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

·    އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ.އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

04 ރަމަޟާން 1446

04 މާރިޗު 2025

04 މާރިޗު 2025
ހޯދާ